Ads by
ޚަބަރު
ސިފްކޯ ފްލެޓްތައް ލިބުނު ސިފައިންނަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފްލެޓްތައް ލިބޭ ސިފައިންނަށް ފްލެޓްތައް ހަވާލުކުރަން ފަށައިފިއެވެ.

Ads by Eki Online

އެމްއެންޑީއެފުން ބުނީ، އެޕާޓްމަންޓްތަކާ ގުޅޭ ގޮތުން ދޭން ޖެހޭ އިރުޝާދުތައް ދިނުމަށްފަހު އެގްރިމަންޓްތަކުގައި ސޮއި ކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.

މި ފްލެޓްތަކަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ ފެށި މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އާބަންކޯ އާއި އާއި ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސް އަދި ސިފައިންގެ ކޯޕަރޭޓިވް “ސިފްކޯ” ގުޅިގެންނެވެ.

ސިފްކޯ ފްލެޓްތަކުގައި ހިމެނެނީ 330 އެޕާޓްމަންޓް ހިމެނޭ ތިން ޓަވަރެވެ. ކޮންމެ އެޕާޓްމަންޓެއްގައި 900 އަކަފޫޓު ހުރެއެވެ. މިއީ ތިން ކޮޓަރީގެ ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓްތަކެވެ.

ސިފްކޯ ހިޔާގެ ފްލެޓުތައް ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދައްކާލުމަށް ހާއްސަ އިވެންޓެއް ވެސް ވަނީ މި މަހުގެ 4 ވަނަ ދުވަހު ބާއްވާފައެވެ. އެ އިވެންޓްގައި ޑިފެންސް މިނިސްޓަރ، މާރިޔާ އަހްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *