Sunday, 20 September 2026
Ads by

ހޫޘީންގެ މިސައިލް ޙަމަލާތަކެއް ރިޔާޟް އެއަރޕޯޓް ކައިރީގައި އޮންނަ ތެޔޮ ރައްކާކުރާ ގުދަނަކަށް އަމާޒުވެއްޖެ

ހޫޘީންގެ މިސައިލް ޙަމަލާތަކެއް ރިޔާޟް އެއަރޕޯޓް ކައިރީގައި އޮންނަ ތެޔޮ ރައްކާކުރާ ގުދަނަކަށް އަމާޒުވެއްޖެ

(ފޮޓޯ: ރޮއިޓާސް)

ސަޢޫދީ ޢަރަބިއްޔާ އާއި ޔަމަނުގެ ހޫޘީންނާ ދެމެދު އަލުން ފެށިފައިވާ ހަނގުރާމައިގެ ތެރެއިން، 2022 ވަނަ އަހަރުގެ އެއްބަސްވުން އުވާލިފަހުން ފުރަތަމަ ފަހަރަށް ހޫޘީން ވަނީ ސައުދީގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

Ad Image
Ads by

ހޮނިހިރު ދުވަހުގެ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ވަނީ ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓާ ޖެހިގެން ހުންނަ ސަޢޫދީ އަރާމްކޯގެ ތެޔޮ ރައްކާކުރާ ގުދަނަކަށް އަމާޒުވެފައެވެ. މިކަމާ ގުޅިގެން ރިޔާޟްގައި ކުއްލި ނުރައްކަލުގެ އެލާޓްތައް ނެރެ، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު އެއަރޕޯޓް ކައިރީގައިވާ އަރާމްކޯގެ ތެޔޮ ގުދަނުން ކަޅުކުލައިގެ ބޯ ދުން އަރަމުންދިޔަ މަންޒަރު ފެނުމުން އަލިފާން ނިއްވާ މީހުން ވަނީ އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ޙަރަކާތްތެރިވެފައެވެ.

މި ޙަމަލާއާ ގުޅިގެން ރިޔާޟް އެއަރޕޯޓުގެ ދަތުރުތަކަށް ބޮޑެތި ބުރޫތަކެއް އެރިއެވެ. ފްލައިޓްތައް ޓްރެކްކުރާ ’ފްލައިޓްރާޑަރ24‘ އިން އެއަރޕޯޓަށް ދީފައިވަނީ އެންމެ މަތީ ދަރަޖައިގެ ޑިސްރަޕްޝަން އިންޑެކްސް ކަމަށްވާ 5.0 އެވެ. ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްވެ އަދި ޑިލޭވެފައެވެ.

ރޭގަނޑު ދަންވަރު 3 ޖަހާއިރު ރިޔާޟްގެ ރައްޔިތުންގެ ފޯނުތަކަށް ވަނީ ”ވައިގެ މަގުން ނުރައްކާތެރި ޙަމަލާއެއް“ އަތުވެދާނެކަމުގެ ކުއްލި އިންޒާރުގެ މެސެޖުތަކެއް ލިބި، ގެއިން ބޭރަށް ނުނުކުތުމަށް އަންގާފައެވެ. މި އެލާޓް ނެރުނުތާ ކުޑައިރުކޮޅެއް ފަހުން ރިޔާޟްގެ މަތިން ދެފަހަރަށް ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވެއެވެ. އޭގެ ބައިގަޑިއިރު ފަހުން ސިވިލް ޑިފެންސުން ވަނީ ނުރައްކާ ފަހަނައަޅައި ހިނގައްޖެކަން އިޢުލާނުކޮށްފައެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ވަނީ ރިޔާޟްގެ މުހިންމު ތަންތަނަށާއި ޔަންބޫގެ ތެޔޮ ކާރުޚާނާތަކަށް ޙަމަލާދިންކަމަށް އެއްބަސްވެފައެވެ. ހޫޘީން ބުނާގޮތުގައި މިއީ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަޢޫދީގެ މަތިންދާބޯޓުތަކުން ޔަމަނަށް ދިން 300 އަށްވުރެ ގިނަ ވައިގެ ޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާތަކެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
amerika iraan
އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ