Ads by
ޚަބަރު
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ދެއްވާފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްދެއްވައިފިއެވެ.

Ads by Eki Online

ކަރެކްޝަންސް އިން ބުނީ މި ފެށޭ އޮކްޓޯބަރު މަހުގެ ނިޔަލަށް އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފައިވާ ކަަމަށެވެ.

ނުރައްކާތެރި ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށް ވިދާޅުވެ އަދީބު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ފުރުމުގެ ހުއްދަ އެ އިދާރާއިން ފުރަތަމަ ދީފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ. އެފަހަރު ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިޢާއަތްކޮށް، އޭނާއަށް ދެވިފައިވާ ހުއްދަ ވަނީ ސެޕްޓެމްބަރު މަހުގެ 15 އަށް އިތުރުކޮށްދީފައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ.

އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އިބްރާހިމް ފަޒީލް9 މަސް ކުރިން

މިނިސްޓަރުން ޖައަލު ހުކުމް ގޭގައަ ރާޖެއިންބޭރުގަ ރާޖޭންބޭރުގަނިކަމެތިރަޔިތުމީހާ ޖަލުގަނނ

0
0