Saturday, 17 October 2026
Ads by

ޑޮލަރު މުއާމަލާތްތަކަށް ދިމާވި ލަސްތައް އަންނަ ހަފުތާގައި އާންމު ހާލަތަކަށް އަންނާނެ: ބީއެމްއެލް

ޑޮލަރު މުއާމަލާތްތަކަށް ދިމާވި ލަސްތައް އަންނަ ހަފުތާގައި އާންމު ހާލަތަކަށް އަންނާނެ: ބީއެމްއެލް

ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިންތިހާއަށް އިތުރުވުމާ ގުޅިގެން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފަރު (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމާއި ބޭންކުތަކުގެ މެދުގައި ހިންގާ ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ދިމާވި ދަތިތައް އަންނަ ހަފުތާ ނިމެންވާއިރަށް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެ ބޭންކުން ނެރުނު ޚާއްޞަ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޑޮލަރު ލިބޭ މިންވަރާއި ބޭރުވާ މިންވަރު ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ދާދި ފަހުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ހަމައެކަނި ޒަރޫރީ އަދި ކޮންމެހެން ބޭނުންވާ މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ.
އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު މިހާރު ކޮންޓްރޯލްކުރެވި، ލިބޭ ޑޮލަރާ އެއްހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. މިއީ ބޭންކުގެ ބެލެންސް ޝީޓުގެ ނުވަތަ އޮޕަރޭޝަންގެ ބަލިކަށިކަމަކުން ދިމާވި ކަމެއް ނޫން ކަމަށާއި، މިއީ ބައިނަލްއަގްވާމީ ބާޒާރުގައި ޑޮލަރުގެ ޑިމާންޑާއި ސަޕްލައިގެ ދެމެދުގައި އުފެދުނު ވަގުތީ ނުތަނަވަސްކަމެއް ކަމަށް އެ ބޭންކުން ޔަގީންކަން ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ބޭންކުން ވަނީ އީ-ކޮމާސް މުއާމަލާތްތަކަށް މަހެއްގެ މައްޗަށް 16 މިލިއަން ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައެވެ. އަދި މި އަހަރުގެ މިހާތަނަށް އެކި ބޭނުންތަކަށް ބީއެމްއެލުން ވަނީ 653 މިލިއަން ޑޮލަރު މާކެޓަށް ދޫކޮށްފަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބޭންކުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށް ވީހާވެސް ލުއިފަސޭހަގޮތްތަކެއް ހޯދައިދެމުން، މާލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި