Sunday, 20 September 2026
Ads by

ބިދޭސީންގެ ރެކޯޑު ބެލެހެއްޓުމުގައި ރާއްޖެއަށް ބައިނަލްއަޤްވާމީ ފެންވަރުގެ ކާމިޔާބީއެއް

ބިދޭސީންގެ ރެކޯޑު ބެލެހެއްޓުމުގައި ރާއްޖެއަށް ބައިނަލްއަޤްވާމީ ފެންވަރުގެ ކާމިޔާބީއެއް

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ----

ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ވަނަވަރު ފުރިހަމައަށް ދެނެގަނެވިފައިނުވާ މީހުންގެ ނިސްބަތް އެއް އިންސައްތައިގައި ހިފެހެއްޓި، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެންސީގެ މަތީ މަޖިލީހުގެ ސެޝަނެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި އުޅުމުގެ ހުއްދަ އޮތް ގާތްގަނޑަކަށް ތިން ލައްކައެއްހާ ބިދޭސީން ތިބި ނަމަވެސް، އޭގެ ތެރެއިން ސީދާ ކާކުކަން ކަށަވަރުވެފައިވަނީ މަދު މީހުންގެ ކަމަށާއި އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވި ހާއްސަ މަސައްކަތްޕުޅުގެ ދަށުން މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ ބޮޑު އިންސައްތައެއްގެ ފިންގަރޕްރިންޓާއި ބަޔޯމެޓްރިކް މައުލޫމާތު އެއްކުރެވިފައިވާ ކަމަށާއި، ބާކީ ތިބި މީހުންގެ ތެރެއިން ގިނައީ މިހާރު ރާއްޖޭގައި ނޫޅޭ މީހުންކަން ކަށަވަރުކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ހޯދުންތަކާ އެކު، މުޅި ދުނިޔެއަށް ބަލާއިރުވެސް ބިދޭސީ އާބާދީގެ މައުލޫމާތު ފުރިހަމަނުވާ މީހުންގެ ނިސްބަތް އެއް އިންސައްތައިގެ ތްރެޝްހޯލްޑްގައި ހިފެހެއްޓިފައިވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި އެކަނި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން، އަންނަ އަހަރުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ވަގުތުން ޑީޕޯޓްކޮށްލާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ.

ގައުމީ ފެންވަރުގައި ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބަޔޯމެޓްރިކް ނިޒާމުތައް ގާއިމުކުރުމަކީ ބޯޑަރު ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމާއި ވިޔަފާރިކުރުން ހުއްޓުވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ވެސް ގެންގުޅޭ މައިގަނޑު ސިޔާސަތެކެވެ. ރާއްޖޭގައި މިފަދަ ނިޒާމެއް ހަރުދަނާކޮށް ތަންފީޒުކުރެވެމުން ދިއުމަކީ އިމިގްރޭޝަންގެ މައްސަލަތައް ހައްލުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
amerika iraan
އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ