Sunday, 20 September 2026
Ads by

ކުދި ޕްލާސްޓިކް ފުޅީގައި ފެން އެތެރެކުރުމާއި ވިއްކުން މަނާކުރުން 2030 އަށް ފަސްކޮށްފި

ކުދި ޕްލާސްޓިކް ފުޅީގައި ފެން އެތެރެކުރުމާއި ވިއްކުން މަނާކުރުން 2030 އަށް ފަސްކޮށްފި

ރާއްޖެއަށް އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށްގެން އެތެރެކުރުމާއި، އުފެއްދުން އަދި ބާޒާރުގައި ވިއްކުން މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީޚު 2030 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހަށް ފަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ad Image
Ads by

މި ބަދަލު ގެންނަވާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ މަޝްވަރާއާއި ލަފާގެ މަތިން، ’ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރު‘ އަށް އިޞްލާޙު ގެންނަވައި ނެރުއްވި ޚާއްސަ ޤަރާރަކުންނެވެ.

ކުރިން އޮތް ގޮތުންނަމަ އެއް ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށްގެން އެތެރެކުރުމާއި އުފެއްދުން އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަނާވާނެއެވެ.

މީގެއިތުރުން، އެ ޤަރާރުގެ ލިސްޓަށް ގެނެވުނު އިތުރު އިޞްލާޙަކާއެކު، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި އަދި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން، ތިމާވެށްޓަށް ގެއްލުންދޭ 14 ބާވަތެއްގެ ޕްލާސްޓިކް މަރުޙަލާކޮށްގެން މަނާކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ވަނީ ފަށާފައެވެ.

މީގެ ކުރިންވެސް އެކި މަރުޙަލާތަކުގައި ކުދި ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުމާއި އެތެރެކުރުން މަނާކުރާ ތާރީޚުތަކަށް އެކި ފަހަރު މަތިން ބަދަލުތައް ގެނެސް، އަމަލުކުރަން ފަށާ ތާރީޚުތައް ވަނީ ފަސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Saeedjpg
ބޮޑެތި އަދަދުތަކުން ދަރަނި ދައްކަމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ