އޮމާންގައި ބޭއްވި ސިއްރު ބައްދަލުވުންތަކަކަށްފަހު، އެމެރިކާގެ އޮފިޝަލުންނާއި ޔަމަނުގެ ހޫޘީންނާ ދެމެދު ސަލާމަތީ ކަންކަމާގުޅޭ މުހިންމު އެއްބަސްވުމަކަށް އަތުވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި އެއްބަސްވުމުގެ ދަށުން، އެމެރިކާއާއި އިޒްރޭލުގެ އިތުރުން ޢާންމު ވިޔަފާރި ބޯޓުފަހަރަށް ރަތް ކަނޑާއި ބާބުލް މަންދަބު ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ހުއްދަ ހޫޘީން ދޭނެއެވެ. މީގެ ބަދަލުގައި، ސަޢޫދީއިން ހޫޘީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާއިން ސީދާ ގޮތެއްގައި ބައިވެރިނުވާނެކަމުގެ ޔަޤީންކަން އެމެރިކާއިން ވަނީ ދީފައެވެ. މީގެ މާނައަކީ ސަޢޫދީ ބޯޓުފަހަރަށް އޮތް ނުރައްކާ އޮތްގޮތަށް ދެމިއޮތުމެވެ.
އޮމާންގައި ބޭއްވި މަޝްވަރާތަކުގައި ހޫޘީން ވަނީ އެމެރިކާ، އިޒްރޭލުގެ ވިޔަފާރި ބޯޓުފަހަރުތަކަށް ޙަމަލާނުދޭނެކަމުގެ ޔަޤީންކަން ދީފައެވެ. ނަމަވެސް، ސަޢޫދީ ޢަރަބިއްޔާއާ ގުޅުންހުރި ބޯޓުފަހަރަށް މި ރައްކާތެރިކަމެއް ނުލިބޭނެއެވެ. މީގެ ސަބަބުން ސަޢޫދީގެ ކަނޑުދަތުރުފަތުރަށް އޮތް ހުރަސްތައް ދެމިއޮންނާނެއެވެ.
ބަދަލުގައި އެމެރިކާއިން ވަނީ 2025 ވަނަ އަހަރުވެފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ދަމަހައްޓައި، ސަޢޫދީއަށް އެހީވުމަށްޓަކައި ހޫޘީންނަށް ވައިގެ ޙަމަލާތަކެއް ނުދޭނެކަމަށް އެއްބަސްވެފައެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ވަނީ ހޫޘީންނާ ސީދާ ގުޅުން ބާއްވަމުންދާކަން ކަށަވަރުކޮށްދީފައެވެ. މިއީ ޓްރަމްޕްގެ ސަރުކާރުން ހޫޘީންނަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ކަނޑައަޅާފައިވަނިކޮށް ހިނގަމުންދާ ކަމެކެވެ.
މޯކާ ހިފުމާ ގުޅިގެން ސަޢޫދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އެމެރިކާގެ ފުށުން ޙަމަލާދިނުމަށް އެދުމުން ރައީސް ޓްރަމްޕް އެކަމަށް އިންކާރުކުރީ މި ސިއްރު އެއްބަސްވުމުގެ ސަބަބުންކަން މިހާރު ވަނީ ހާމަވެފައެވެ. މި އެއްބަސްވުމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާ ވަނީ ވަރަށް ބޮޑަށް އެކަހެރިވެފައެވެ.













