Sunday, 20 September 2026
Ads by

2033 އަންނައިރު އަހަރަކު 5 މިލިއަން ފަތުރުވެރިން ގެނައުން ސަރުކާރުގެ އަމާޒެއް: ރައީސް

2033 އަންނައިރު އަހަރަކު 5 މިލިއަން ފަތުރުވެރިން ގެނައުން ސަރުކާރުގެ އަމާޒެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---

މި ސަރުކާރުގެ އަމާޒަކީ 2033 ވަނަ އަހަރު އަންނަންވާއިރަށް، އަހަރަކު 5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ މަގު ފަހިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އެ ދާއިރާ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުން އަންނަނަކަމަށެވެ.

އަންނަ އަހަރުގެ ’ވިޒިޓް މޯލްޑިވްސް އިޔަރ‘ ގައި ފަތުރުވެރިންގެ ނިސްބަތް އިތުރުކުރެވި، އަހަރަކަށްވުރެ އަހަރެއް އައު ރިސޯޓުތައް ހުޅުވުމާއި، ބޭނުންވާ އެކިކަހަލަ އުމްރާނީ ވަސީލަތްތައް ގާއިމުކޮށް، އެކި ގޮތްގޮތުން ފަހިކޮށްދެވޭ ކަންކަމާއެކު، އަހަރަކު ފަސް މިލިއަން ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރަށް ފަތުރުވެރިކަމުގެ ދާއިރާ 2033 އާ ހަމައަށް ދާންވާއިރަށް، ސަރުކާރުގެ އަދި ޕާޓީގެ ސިޔާސަތުގެ ތެރެއިން ހަގީގަތަކަށް ހަދައިދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 55 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، އަންނަ އަހަރަކީ ’ފަތުރުވެރިކަމުގެ އަހަރު‘ ގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،484،097 (އެއް މިލިއަން ހަތަރު ލައްކަ އަށްޑިހަ ހަތަރު ހާސް ނުވަދިހަ ހަތެއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަހަރުގެ ކުރީކޮޅު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، މިހާރު މި ސިނާއަތަށް ވަނީ ބޮޑު ކުރިއެރުމަކާއި ދިރުމެއް ލިބެން ފަށާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް، ދާއިރާއަށް މަޑުޖެހުމެއް އަޔަނުދިނުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން، ރާއްޖެއަށް އައު އެއާލައިންތަކުގެ ދަތުރުތައް ފެށުމާއި، ފަތުރުވެރިން އަންނަ މާކެޓުތައް އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް މި ސިނާއަތުގެ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Saeedjpg
ބޮޑެތި އަދަދުތަކުން ދަރަނި ދައްކަމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ