Ads by
ޚަބަރު
ނިޒާމީ ވޯޓުގެ ވާހަކަ ދެއްކުން މިވަގުތު މުހިއްމެއް ނޫން، ބޭނުން ވަނީ ރިޔާސީ ނިޒާމެއް: އަދުރޭ

ނިޒާމީ ވޯޓުގެ ވާހަކަ ދެއްކުން މިވަގުތު މުހިއްމު ނޫން ކަމަށާއި ބޭނުން ވަނީ ރިޔާސީ ނިޒާމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ބުރުގައި ތާއީދު ހޯދުމަށް މިއަދު ނ. ޅޮއްސަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށެވެ.

އަދި ރައްޔިތުން ބޭނުން ވަނީ ރިޔާސީ ނިޒާމެއް ކަަމަށާއި ތާއީދު ކުރަނީ ވެސް އެ ނިޒާމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ނިޒާމީ ވޯޓުގެ ވާހަކަ ދެއްކުން މިވަގުތު މުހިއްމު ނޫން ކަމަށާއި މީގެ 16 އަހަރު ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ގޮތް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީނަކީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި  ޕާޓީގެ ސިޔާސަތަކީ ވެސް އެއީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *