Sunday, 20 September 2026
Ads by

ޕީއެންސީން ތަންފީޒުކުރަނީ އިސްލާމްދީނަށް ނަސްރުދިނުމުގެ ސިޔާސަތު: ރައީސް މުޢިއްޒު

ޕީއެންސީން ތަންފީޒުކުރަނީ އިސްލާމްދީނަށް ނަސްރުދިނުމުގެ ސިޔާސަތު: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ އިސްލާމްދީނުގެ މަތިވެރި އަސާސްތައް ނެގެހެއްޓުމާއި ދީނަށް ނަސްރުދިނުމުގެ ސިޔާސަތުތައް ތަންފީޒުކުރާ ޕާޓީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެންސީގެ މަތީ މަޖިލިސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޕީއެންސީގެ އެންމެހައި ހަރަކާތްތަކާއި ނިންމުންތައް ބިނާވެފައިވަނީ އިސްލާމީ އަގީދާއާއި ގައުމިއްޔަތުގެ ވަރުގަދަ ބިންގަލުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ އިސްކަމެއް ދެމުންދަނީ އިސްލާމީ ސަގާފަތް އާލާކޮށް، ދީނީ ކަންކަމަށް ފުރިހަމައަށް ނަސްރުދިނުމަށް ކަމަށް ވިދާޅުވިއެވެ.

މާޒީގެ ތަޖުރިބާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޕީއެންސީގެ ފިކުރާ ހިލާފު ބަޔަކަށް ވެރިކަމުގެ ބާރުތައް ލިބުނު ކޮންމެ ދަނޑިވަޅެއްގައި ފެނިގެންދިޔައީ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލަނިވި ފިކުރުތަކެއްގެ މަތީގައި ކަންކަން ކުރި މަންޒަރު ކަމަށެވެ. އެހެންކަމުން، ގައުމުގެ ކުރިއެރުމާއި ހަމަޖެހުމަށް އޮތް އެންމެ އިތުބާރުހުރި މަގަކީ ޕީއެންސީގެ ސިޔާސަތުތަކާއެކު ކުރިއަށްދިއުން ކަމަށާއި، މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންގެ ފަރާތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ނިންމާ ސިޔާސީ ނިންމުންތަކުގެ ސަބަބުން ގައުމުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއް ކުރެވިދާނެކަމުގެ އިންޒާރު ދެއްވަމުން، މާޒީގައި ސިޔާސީ އޮއިވަރުގެ ތެރެއިން ނުބައި ނިންމުންތަކެއް ނިންމިފައިވާކަން ރައީސް ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން ކޮންމެ ނިންމުމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން، ދިވެހިންގެ ތެރޭގައި އޮތް އަބުރުވެރިކަމާއި އިހުތިރާމް ކުރުމުގެ ރީތި އާދަތައް ހީނަރުވެގެންދިޔައީ، ވަކި ބަޔަކު ރާވައިގެން ގައުމުގެ އިސްވެރިންގެ އަބުރު ކެނޑުމަށް ހިންގި ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ކަމަށާއި، އެއީ އިސްލާމްދީނާއި ދިވެހި ސަގާފަތާ މުޅިން ހިލާފު ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމުގައި ދީނާ ހިލާފު ކަންކަން ހިނގުމުގެ ސަބަބުން، މީގެކުރިން ސައްތަ އިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިން ދީނުގެ ދިފާއުގައި ތެދުވަންޖެހުނުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕީއެންސީއަކީ އަދުލުވެރިކަމާއި، އިންސާފާއި، އިހުލާސްތެރިކަމުގެ ބިންގަލުގެ މަތީގައި އޮތް ބިނާކުރުވަނިވި ފިކުރުގެ ހަމައެކަނި ޕާޓީކަން ފާހަގަކުރައްވައި، އެހެން ފިކުރުތަކާ މި ޕާޓީގެ ސިޔާސަތުތައް އަޅާކިޔުމަށް ރައީސް އެދިވަޑައިގަތްއެވެ. އަދި ގައުމަށްޓަކައި އިހުލާސްތެރި މަސައްކަތްތަކެއް ކުރާ އެއްވެސް ބަޔަކު ޕީއެންސީގެ ގައުމީ ފަލްސަފާއާ ދެބަސްނުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މި ސަރުކާރުން މިހާތަނަށް ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުންނެވެ. އެގޮތުން، ވެރިކަމާ ހަވާލުވިއިރު ގައުމު އޮތް އިގްތިސާދީ އަދި އިޖުތިމާއީ އަނދަވަޅުން ސަލާމަތްކޮށް، ގައުމުގެ ދަރަނި ދެއްކުމާއި، ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ކޮރަޕްޝަން ނައްތާލުމާއި، ގައުމީ ސަލާމަތާއި ދިފާއީ ބާރު ވަރުގަދަކުރުމަށް ގިނަގުނަ އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
amerika iraan
އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ