Sunday, 27 September 2026
Ads by

ޕީއެންސީއަށް ނިސްބަތްނުވާ މުވައްޒަފުންނަށް ވެސް ވަޒީފާގެ ބިރެއް ނެތް: ފަލާޙް

ޕީއެންސީއަށް ނިސްބަތްނުވާ މުވައްޒަފުންނަށް ވެސް ވަޒީފާގެ ބިރެއް ނެތް: ފަލާޙް

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ދިޔަރެސް

ސަރުކާރުގެ ވަޒީފާތަކުގައި ތބި، ވެރިކަންކުރާ ޕީއެންސީ ޕާޓީއަށް ނިސްބަތްނުވާ އެއްވެސް މުވައްޒަފަކަށް ސިޔާސީ ސަބަބުތަކާހުރެ އެއްވެސް ބިރެއް، ގެއްލުމެއް ނުވަތަ އަނިޔާއެއް ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ދެއްވައިފިއެވެ.

Ad Image
Ads by

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގެ ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ކުރީގެ އެމްޑީޕީ ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާތަކަށް ވައްދާފައިވި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އެ ޢަދަދާ ގާތްކުރާ މިންވަރަކަށްވެސް އަދި މުވައްޒަފުން އައްޔަންކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން މިހާރުވެސް ސަރުކާރުގެ އެކި މަޤާމުތަކުގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް ބަޔަކު ތިބޭނެ ކަމަށާއި، އެއިން އެއްވެސް ފަރާތަކަށް ސިޔާސީ ބަދުނާމު އަޅުވައި ވަޒީފާއިން ވަކިކޮށް  އަނިޔާވެރިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމު މެންބަރުންނަށް ކަންކަން އޮޅުންއަރާގޮތަށް ބައެއް ނޫސްތަކާއި ސިޔާސީ ފަރާތްތަކުން ވާހަކަދައްކާތީ، މިފަދަ ކަންކަމުގައި ވާހަކަދައްކަންޖެހޭ ކަމަށް ފަލާޙް ފާހަގަކުރެއްވިއެވެ. އަދި ރައީސް މުޢިއްޒަކީ ޕާޓީގެ އެއްވެސް މެންބަރެއް ބާކީނުކޮށް، ކޮންމެ ބޭފުޅެއްގެވެސް ޚިދުމަތް އެންމެ އިޚްލާޞްތެރިކަމާއެކު ބަލައިގަނެ، އެކަމުގެ އަގުވަޒަންކުރައްވާ ވެރިއެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮންގްރެސްގެ ތެރެއިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕީއެންސީގެ ޓިކެޓް ރައީސް މުޢިއްޒަށް އެރުވުމަށް އެއްބަސްވެ، ކުއްލި ޤަރާރެއް ފާސްކޮށްފައިވާ ކަމަށާއި، މިއީ ޤައުމުގެ ތަރައްޤީއަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމުނު ނިންމުމެއް ކަމަށް ފަލާޙް ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ޕާޓީ ބައިބައިކުރުމަށް ދައްކާ ވާހަކަތަކާއިޖަހާ މަޅިތަކުގައި މެންބަރުން ނުޖެހުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި