Sunday, 27 September 2026
Ads by

އެމްޑީޕީ ސަރުކާރުގެ އިހުމާލުން އެސްބީއައި ލޯނުގެ އިންޓްރެސްޓަށް 45 މިލިއަން ޑޮލަރު އެރި: ޝުޖާއު

އެމްޑީޕީ ސަރުކާރުގެ އިހުމާލުން އެސްބީއައި ލޯނުގެ އިންޓްރެސްޓަށް 45 މިލިއަން ޑޮލަރު އެރި: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ---

ކުރީގެ އެމްޑީޕީ ސަރުކާރުން އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީ ރޭވުންތެރިކަމާއެކު ދެއްކި ނަމަ، އިންޓްރެސްޓްގެ ގޮތުގައި 45 މިލިއަން ޑޮލަރު ނާރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ނެގި މި 150 މިލިއަން ޑޮލަރުގެ ލޯނު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އެކި މަރުހަލާތަކަށް ބަهاލައިގެން މުޅިން ދައްކައި ހަލާސްކޮށްފައެވެ. މިގޮތުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު 50 މިލިއަން ޑޮލަރުގެ މިންވަރަކަށް ފައިސާ ދައްކާފައިވާއިރު، އެންމެ ފަހުގެ އިންސްޓޯލްމަންޓް ކަމަށްވާ ބާކީ 50 މިލިއަން ޑޮލަރު މިއަދު ވަނީ ދައްކާ ނިންމާލާފައެވެ.

މި ލޯނުގެ އެންމެ ފަހު ބައި މިއަދު ދެއްކިއިރު، އޭގެ އިންޓްރެސްޓަށް އެރި 45 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުންނެވެ. އެއީ އޭރު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމުކުރެވުނު ޚާއްޞަ އެއްބަސްވުމެއްގެ ދަށުން ހަމަޖެހިގެންދިޔަ ކަމެކެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި މި ލޯނު ދެއްކުމަށް ރޭވުންތެރިކަމާއެކު ޕްލޭން ކުރެވުނުނަމަ އިތުރު އިންޓްރެސްޓްގެ ބުރައެއް ޤައުމަށް ނުއުފުލުނީސް ކަމަށެވެ. އަދި ބަޖެޓް ސަޕޯޓަށް ނެގި މި ފައިސާއިން ރައްޔިތުންނަށް މަންފާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށް ފާހަގަކުރައްވައި، މިއީ ކުރީގެ ސަރުކާރުގެ ނާޤާބިލުކަން ހާމަވެގެންދިޔަ ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި