Sunday, 27 September 2026
Ads by

ޕީއެންއެފްގެ މެންބަރުން ޕީއެންސީއަށް ބަދަލުކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އީސީން ދޮގުކޮށްފި

ޕީއެންއެފްގެ މެންބަރުން ޕީއެންސީއަށް ބަދަލުކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އީސީން ދޮގުކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ ނަންބޯޑު---

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުންނަށް ނޭނގި ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދަމުންދާ ކަމަށް ބުނެ ކުރި ތުހުމަތުތައް ދޮގުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

Ad Image
Ads by

އީސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމާއި ވަކިކުރުމުގައި އޮޅުވާލުންތައް ހިމެނޭ ކަމުގެ ޝަކުވާތައް ތަކުރާރުވަމުން ދާތީ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މިހާރު ވަނީ ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ”އީފާސް“ ތައާރަފުކޮށްފައެވެ. އަދި މިއީ އާންމު ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ދެފުށް ފެންނަ ރައްކާތެރި ނިޒާމެއް ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރު ގާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ކޮންމެ މީހަކަށް ވެސް އަމިއްލައަށް ”އީފާސް‘ މެދުވެރިކޮށް، އެ މީހެއްގެ ފުރިހަމަ އިހުތިޔާރުގައި ސިޔާސީ ޕާޓީއަކާ ގުޅުމާއި ވަކިވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އެހެންކަމުން މިއީ އެއްވެސް ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނެތި، ހަމައެކަނި އެ ފަރުދަކާއި ޕާޓީއާ ދެމެދު ހިނގާ މުއާމަލާތެކެވެ. މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އެ ކޮމިޝަނަށް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އީސީގެ ބަޔާނުގައިވެއެވެ.

ޕީއެންއެފްގެ ތުހުމަތުތައް ދޮގުކުރަމުން އީސީން ބުނީ، ހަގީގަތް އޮޅޭ ގޮތަށް އަދި މެންބަރޝިޕް ނިޒާމާއި ކޮމިޝަނާ މެދު ރައްޔިތުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ޒިންމާދާރުކަމާއެކު ހަރަކާތްތެރިވުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ޕީއެންއެފްގެ މެންބަރުންގެ ރުހުމަކާ ނުލައި އެ ޕާޓީން ވަކިކުރަމުންދާ ކަމަށް ބުނެ، އެ ޕާޓީން ވަނީ އިއްޔެ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅައިފައެވެ. މެންބަރުންގެ އައިޑީކާޑުގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ ޕާޓީން އެދިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށެވެ.

މީގެއިތުރުން ޕީއެންއެފްއިން ބުނެފައިވަނީ، މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަށް އަރައިގަނެ، މެންބަރުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ހިންގާފައިވާ ޒާތީ މައުލޫމާތު ވަގަށް ނެގުމުގެ ބޮޑު ޖިނާއީ އަމަލެއް ކަމަށެވެ. އަދި ސޮއި ފޯޖުކޮށް، އޮޅުވާލައިގެން މެންބަރުން ވަކިކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޕީއެންއެފްއިން ވަނީ އިތުރަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި