ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ ގައި ދިވެހިރާއްޖެއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ.
ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ކޯލިޝަންގެ ޗާޓަރުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އދ. ގެ މުޢާހަދާތަކާއި، އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެއްދި މި ކޯލިޝަނުގައި، ރާއްޖޭގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާ ގާތްގުޅުން އޮންނަ ގިނަ ޤައުމުތަކަކުން ވަނީ ބައިވެރިވެފައެވެ.
މި ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަޚްވަންތަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މީގެއިތުރުން، ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭނުންކުރާ މުހިންމު މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ކަނޑުގެ މަސްލަޙަތުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ފާހަގަކުރައްވައެވެ.
ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ.
މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގެ… pic.twitter.com/h6nbYClOWO
— Ministry of Defence and National Service (@MoDmv) September 16, 2026
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދާއި، ޚާރިޖީ ވަޒީރު އޮނަރަބަލް އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީގެ އިތުރުން، ޚާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ އިސް އޮފިސަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.














ސައުދީގައި މިހާރުއޮތްވެރިކަމަކީ އިސްލާމުންނަށްވެސްހުތުރު ހިތެއްލަހޮނޑިއެއްނެތް ވެރިކަމެއް ކޯންޗެއްތޯ އެމީހުންގެއަތުގައިނެތީ ނަމަވެސްހުރިހާކަމެއްވެސް ބިނާވެގެންވަނީ އާއިލީ ރަސްކަންދިފާއުކުރުން އެވެސްޔަހޫދީންނަށްފައިސާއަދަދެއްނުވާވަރަށްދީގެން އިސްލާމުންނޭބުނުމަކުން ނުފުދޭނެކަންދައްނާތި ..