Sunday, 20 September 2026
Ads by

ސަޢުދީގެ ޔަންބޫ ޕޯޓަށް ޙޫތީން ވަރުގަދަ ޙަމަލާއެއް ދީފި

ސަޢުދީގެ ޔަންބޫ ޕޯޓަށް ޙޫތީން ވަރުގަދަ ޙަމަލާއެއް ދީފި

ހޫޘީންގެ މި ހަމަލާތަކުގެ ސަބަބުން ބައެއް ތަންތަނުގައި އަލިފާން ރޯވެފައިވާކަމަށް ރިޕޯޓްތައް ބުނޭ ---

ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ސަޢުދީ ޢަރަބިއްޔާގެ މުހިންމު ބަނދަރެއް ކަމަށްވާ ޔަންބޫ ޕޯޓަށް ޔަމަނުގެ ޙޫތީން ވަރުގަދަ ޙަމަލާއެއް ދީފިއެވެ.

Ad Image
Ads by

މި ޙަމަލާއާ ގުޅިގެން އެ ސަރަޙައްދުގައި ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގަމުންދާކަމަށް ރިޕޯޓުތައް ބުނާއިރު، މީސްމީޑިއާގައި މިހާރު ދަނީ މީގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ދައުރުވަމުންނެވެ.

ނާސާގެ ’ފަރމްސް‘ ސެޓެލައިޓް މަންޒަރުތަކުން ދައްކާ ގޮތުގައި އެ ސަރަޙައްދުގައި އަލިފާން ރޯވެފައިވާކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައެވެ. ބެލެވޭ ގޮތުގައި މިއަލިފާން ރޯވެފައިވަނީ ބަނދަރުގެ ތެޔޯ ރައްކާކުރާ ތާނގީތަކުގައެވެ. މިހާތަނަށް ރަސްމީ ސެޓެލައިޓް މަންޒަރުތައް އާންމުކޮށްފައި ނުވި ނަމަވެސް، އަލިފާނުގެ އަސަރުތައް ސާފުކޮށް ފެންނަން ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔަންބޫ ޕޯޓަކީ ހުރްމޫޒް ކަނޑުއޮޅީގެ ބޭރުން ސަޢުދީން ތެޔޯ އެކްސްޕޯޓުކުރުމަށް އޮތް އެންމެ ފަހުގެ، އަދި އެންމެ މުހިންމު މަގެވެ. ޙޫތީންގެ މި ޙަމަލާއަކީ އީރާނުގެ ކޮންޓްރޯލް އޮންނަ ހުރްމޫޒް ކަނޑުއޮޅި ފިޔަވައި، އެހެން މަގަކުން ތެޔޯ އެކްސްޕޯޓުކުރުމަށް ސަޢުދީން ބިނާކޮށްފައިވާ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ޔަމަނުން ހިންގަމުންދާ ފުޅާ ކެމްޕޭނުގެ ދަށުން ދިން ޙަމަލާއެކެވެ.

ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ވިޔަފާރި ހިމާޔަތްކުރުމަށްޓަކައި އެ ޤައުމުން ވަނީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ވަރުގަދަ އަސްކަރީ ނިޒާމެއް ބިނާކޮށްފައެވެ. ނަމަވެސް އެމެރިކާއިން ފޯރުކޮށްދީފައިވާ ޒަމާނީ މަތިންދާބޯޓުތަކާއި، ޕޭޓްރިއަޓް މިސައިލް ސިސްޓަމްތަކުގެ އިތުރުން، އެމެރިކާގެ ސީދާ މަދަދު ލިބެމުންދިޔަ ނަމަވެސް، ޔަމަނުން ފޮނުވާލި ޑްރޯން ޙަމަލާއެއް ހުއްޓުވުމުގައި އެ ނިޒާމުތައް ވަނީ ނުކުޅެދިފައެވެ. މިއާއެކު ސަޢުދީގެ އެކްސްޕޯޓުގެ އެންމެ މުހިންމު އެއް މަގުގައި މިވަނީ އަލިފާން ރޯކޮށްލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
amerika iraan
އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ