ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުން އެޕާޓީ ދޫކޮށް ވެރިކަންކުރާ ޕީއެންސީއާއި ގުޅެމުންދާތީ، ޕީއެންއެފް މީހުންނަށް ނޭނގި ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދަމުންދާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޝަކީލްގެ މައްސަލަ ޕީއެންއެފްއިން ފުލުހަށް ހުށަހަޅައިފިއެވެ.ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުން އެޕާޓީ ދޫކޮށް ވެރިކަންކުރާ ޕީއެންސީއާއި ގުޅެމުންދާތީ، ޕީއެންއެފް މީހުންނަށް ނޭނގި ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދަމުންދާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޝަކީލްގެ މައްސަލަ ޕީއެންއެފްއިން ފުލުހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ފުލުހަށް ހުށަހެޅުމުގެ ކުރިން ”ޗެނަލް 13“ އަށް ދެއްވި ބަސްދީގަތުމެއްގައި ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވީ، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ބޭނުންވާ ގޮތަކަށް ޕީއެންއެފްގެ ދަފްތަރުން މެންބަރުން އުނިކޮށް، އެކި ޕާޓީތަކަށް މީހުން ވައްދަމުންދާ ކަމަށެވެ. އަދި މިކަން މިގޮތަށް ކުރަމުންދާ ކަމުގެ ސާބިތު ހެކި އެބަހުރި ކަމަށާއި، މިއީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ ގޮތުން އެކި ބާވަތުގެ ޖިނާއީ ކުށްތަކަށް ފެތޭ އަމަލެއް ކަމަށް ވެސް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
އީސީގެ ރައީސް މުޙައްމަދު ޝަކީލްގެ މައްޗަށް ޕީއެންއެފްއިން ކުރާ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމާއި، ރަސްމީ ހައިސިއްޔަތާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިނުން ހިމެނެއެވެ.
ޕީއެންއެފްގެ މި ތުހުމަތުތައް އީސީ ރައީސް ޝަކީލް ވަނީ ދޮގު ކުރައްވާފައެވެ.
ޕީއެންއެފްއިން ޝަކީލްގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާއިރު، ވެރިކަން ކުރާ ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އެގޮތުން އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 80،000 އާއި ގާތްކޮށްފައެވެ. މިހާ ގިނަ އަދަދެއްގެ މެންބަރުން ޕީއެންސީއާ ގުޅިފައި މިވަނީ އެ ޕާޓީގެ މުހިންމު ކޮންގްރެސް ވެސް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕާޓީގެ މެންބަރުންގެ އަދަދު މިހާ ބޮޑުތަނުން އިތުރުވެގެން ދިއުމަކީ، މި ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ މަޝްރޫއުތަކާ މެދު ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން އޮތް މިންވަރު ސާބިތުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ޕީއެންއެފުން މިފަދަ ތުހުމަތު ކުރިޔަސް އީފާސް ބޭނުންކޮށްގެން ޕޯޓަލް ތެރެއިން ސިޔާސީ ޕާޓީއާއި ގުޅި، އަދި ވަކިވުމުގެ ފުރުސަތު އޮތުމުން މިހާރު ސިޔާސީ ޕާޓީއަކަށް ވަގަކަށް އެއްވެސް މީހަކު ނުވެއްދޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް ޕީއެންއެފްގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބީ 3،137 މެންބަރުންނެވެ.













