Sunday, 20 September 2026
Ads by

އިތުރު ލޯނެއް ނުނަގާ، ކުރީ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނި ދައްކައިފިން: މުންދު

އިތުރު ލޯނެއް ނުނަގާ، ކުރީ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނި ދައްކައިފިން: މުންދު

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް---

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނިތައް، އިތުރު ލޯނެއް ނެގުމަކާ ނުލައި ދައްކައި ހަލާސްކުރެވިއްޖެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މުންދު މި މޭރުމުން ވިދާޅުވީ، ރާއްޖެ މާލީ ގޮތުން އިނދަޖެހި ޑީފޯލްޓް ވެދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށާއި އިދިކޮޅު އެހެން ބައެއް ފަރާތްތަކަށް އަމާޒުކުރައްވައި މުންދު ވިދާޅުވީ، އެ ފަރާތްތަކަށް ދޭން އޮތީ ވަރަށް ކުޑަ މެސެޖެއް ކަމަށެވެ. އެއީ، ރައްޔިތުންގެ ބޮލުގައި އެ ފަރާތްތަކުން އެޅުވި ދަރަނި މިހާރު ދައްކައި ހަލާސްކޮށްފައިވާ ކަމަށާއި، އެކަން ކުރީ އިތުރު އެއްވެސް ލޯނެއް ނުނަގައި ކަމަށެވެ.

މީގެއިތުރުން، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށް ފައިސާ އެބަހުރި ކަމަށާއި އަސާސީ ކާބޯތަކެތި ވެސް ގައުމަށް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވިއެވެ.

އެމްޑީޕީގެ ވެރިކަން ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރުކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، މިއަދު އެ ފަރާތްތަކުން ރިޒާވްގެ ވާހަކަ ދެއްކުމަކީ އެއްވެސް ގޮތަކަށް މުނާސަބު ކަމެއް ނޫން ކަމަށެވެ. އަދި ދަރަނީގެ ބިރުވެރިކަން ދައްކައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ބަދަލުގައި، ރައްޔިތުންނަށް ބިރުދައްކަން ކޮންމެވެސް އެހެން މައުޟޫއެއް ހޯދުން ބުއްދިވެރިވާނެ ކަމަށްވެސް މުންދު ވަނީ ވިދާޅުވެފައެވެ.

މުންދު މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.3 ބިލިއަން ދިވެހި ރުފިޔާ) ގެ ލޯނު، މި ސަރުކާރުން މިއަދު ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށްޓަކައި 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ޓީ ބިލް ވިއްކައިގެން ނަގާފައިވާ ދަރަންޏެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު 17 ގައި 50 މިލިއަން ޑޮލަރު، ޖޫން 26 ގައި 50 މިލިއަން ޑޮލަރު، އަދި އޮކްޓޫބަރު 1 ގައި 50 މިލިއަން ޑޮލަރު ނަގާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މި ލޯނާ ގުޅޭގޮތުން މީގެ ކުރިން މޭ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އެމްޑީޕީ ސަރުކާރުން މި ދަރަނި އަނބުރާ ދެއްކުން ތަކުރާރުކޮށް ފަސްކުރަމުން އައި ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މީގެ ތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު މިއަހަރުގެ ޖަނަވަރީ މަހުގެ ހަތް ވަނަ ދުވަހު އަދި ދެވަނަ ދަރަނި 50 މިލިއަން ޑޮލަރު މެއި މަހު ދައްކައިފައެވެ. އަދި ބާކީ 50 މިލިއަން ޑޮލަރު ދެއްކުމާއެކު، މި ލޯނު މިވަނީ އެއްކޮށް ދައްކާ ހަލާސްކުރެވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
amerika iraan
އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ