Sunday, 20 September 2026
Ads by

އެމްޑީޕީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކައި ހަލާސްކޮށްފި

އެމްޑީޕީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކައި ހަލާސްކޮށްފި

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް--- ފޮޓޯ: އެކި އެމްވީ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.3 ބިލިއަން ދިވެހި ރުފިޔާ) ގެ ލޯނު، މި ސަރުކާރުން މިއަދު އެއްކޮށް ދައްކައި ހަލާސްކޮށްފިއެވެ.

Ad Image
Ads by

މިއީ ދައުލަތުގެ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށްޓަކައި 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ޓީ ބިލް ވިއްކައިގެން ނަގާފައިވާ ދަރަންޏެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު 17 ގައި 50 މިލިއަން ޑޮލަރު، ޖޫން 26 ގައި 50 މިލިއަން ޑޮލަރު، އަދި އޮކްޓޫބަރު 1 ގައި 50 މިލިއަން ޑޮލަރު ވަނީ ނަގާފައެވެ.

މި ލޯނާ ގުޅޭގޮތުން މީގެ ކުރިން މޭ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އެމްޑީޕީ ސަރުކާރުން މި ދަރަނި އަނބުރާ ދެއްކުން ތަކުރާރުކޮށް ފަސްކުރަމުން އައި ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މީގެ ތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު މިއަހަރުގެ ޖަނަވަރީ މަހުގެ ހަތް ވަނަ ދުވަހު އަދި ދެވަނަ ދަރަނި 50 މިލިއަން ޑޮލަރު މެއި މަހު ދައްކައިފައެވެ. އަދި ބާކީ 50 މިލިއަން ޑޮލަރު މިއަދު (17 ސެޕްޓެމްބަރު) ދެއްކުމާއެކު، މި ލޯނު މިވަނީ އެއްކޮށް ދައްކާ ހަލާސްކުރެވިފައެވެ.

މިކަމާ ގުޅިގެން މާލީ ކަންކަމާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ސަރުކާރުން މި ދަރަނިތައް އަދާކުރަމުން ދަނީ އިތުރު ދަރަންޏެއް ނުނަގައި ކަމަށެވެ. އަދި މިހާތަނަށް ދައުލަތުގެ އެކި ދަރަނިތައް ދެއްކުމަށް ޖުމްލަ 1.3 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މިއަހަރުގެ އެޕްރީލް 2 ގައި ދެއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުވެސް ހިމެނެއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއްފަހަރާ ދެއްކި އެންމެ ބޮޑު ދަރަންޏެވެ.

މި ސަރުކާރުން މިހާތަނަށް ދައްކާފައިވާ ދަރަނީގެ ނިސްބަތަކީ ވޭތުވެދިޔަ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި ބައިގައި ދަރަނީގެ ގޮތުގައި ދައްކަވާފައިވަނީ 191 މިލިއަން ޑޮލަރެވެ. އަދި ކުރީގެ ރައީސް ޞާލިޙުގެ ވެރިކަމުގެ އެ މުއްދަތުގައި ދައްކަވާފައިވަނީ 428 މިލިއަން ޑޮލަރެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ގައުމުގެ މާލީ އިތުބާރު ހިފެހެއްޓުމަށްޓަކައި މި ބޮޑެތި ދަރަނިތައް ދެއްކުމަށް ދައުލަތުގެ ރަސްމީ ރިޒާވުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް ވަނީ ބޭނުންކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
448760_3_a718441dfc236c29a33a20007c193832b60bccb3
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
gaza today
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޞިއްޙަތާ ބެހޭ ވެރިޔާގެ ދަރިކަލުން ހިމެނޭހެން 4 މީހުން ޝަހީދުވެއްޖެ
big_wVXJ9mFrYD6RCsEL7jpV48hMG
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
amerika iraan
އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ