Sunday, 27 September 2026
Ads by

2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދިނުމަށް ޕީއެންސީގެ މަތީ މަޖިލީހުން ފާސްކޮށްފި

2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދިނުމަށް ޕީއެންސީގެ މަތީ މަޖިލީހުން ފާސްކޮށްފި

ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ޕީއެންސީ

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސްގައި، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސުމަށް އިއްތިފާގުން ނިންމައިފިއެވެ.

Ad Image
Ads by

މި ނިންމުން ނިންމާފައިވަނީ ކޮންގްރެސްގެ މިއަދުގެ ޖަލްސާގައި، ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބު ޢަބްދުﷲ އިބްރާހީމް ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ. އެ ގަރާރުގައި ފާހަގަކޮށްފައިވަނީ، ރައީސް ޑރ. މުޢިއްޒު ގައުމަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަކީ ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ވެސް އެދުމެއް ކަމަށެވެ. މީގެއިތުރުން، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި ދެވަނަ ދައުރަކަށް އެދިވަޑައިގެންފިނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް އެރުވޭނެކަން ވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މި ގަރާރު ފާސްކުރުމަށް ނެގުނު ފާޅުކަން ބޮޑު ވޯޓުގައި، ކޮންގްރެސްގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުން ވަނީ މި ނިންމުމަށް ފުރިހަމަ ތާއީދު ދީފައެވެ.

ކޮންގްރެސްގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިއީ މި ކޮންގްރެސްގެ އެންމެ ތާރީހީ އަދި މުހިންމު އެއް ނިންމުން ކަމަށެވެ. އެހެންކަމުން، މި ގަރާރަށް ފުޅާ ދާއިރާއެއްގައި ބަހުސްކުރުމުގެ ފުރުސަތު މަންދޫބުންނަށް ފަހިކޮށްދެއްވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ގަރާރަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ 73 މެންބަރުންގެ ވެސް އެއްބަސްވުމަކީ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވުން ކަމަށެވެ. އަދި ޕީއެންސީއަށް ވެރިކަން ކާމިޔާބުކުރެވުނީ އެއިރު ރާއްޖޭގެ މަސްރަހުގައި ހުންނެވި އެންމެ ގާބިލު ލީޑަރަކީ އެމަނިކުފާނު ކަމަށް ވުމުން ކަމަށާއި، މިއަދު ރައްޔިތުން ތިބީ އެ ނިންމުމުގެ ހެޔޮ ނަތީޖާއާއެކު ހިތްހަމަޖެހިގެން ކަމަށްވެސް ފަލާޙު ވިދާޅުވިއެވެ.

މި ގަރާރުގެ ބަހުސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އިތުރުން ޕާޓީގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެން، ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި