ޏ. ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ، ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން، ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.













