Thursday, 17 September 2026
Ads by

އިޒްރޭލު ސިފައިންގެ ޙިމާޔަތުގައި އެއްބަސްވުމާ ޚިލާފަށް ޔަހޫދީ އަޅުވެރީން ޢަޤްޞާ މިސްމިތަށް ވައްދައި، 7 މުސްލިމުންނަށް އަޤްޞާއަށް ވަނުން މަނާކޮށްފި

އިޒްރޭލު ސިފައިންގެ ޙިމާޔަތުގައި އެއްބަސްވުމާ ޚިލާފަށް ޔަހޫދީ އަޅުވެރީން ޢަޤްޞާ މިސްމިތަށް ވައްދައި، 7 މުސްލިމުންނަށް އަޤްޞާއަށް ވަނުން މަނާކޮށްފި

އިޒްރޭލުގެ ފުލުހުންގެ ވަރުގަދަ ރައްކާތެރިކަމުގެ ދަށުން، އާދީއްތަ ދުވަހު ގާތްގަނޑަކަށް 240 ޔަހޫދީ ވަޒަންވެރިން، ޔަހޫދީންގެ އައު އަހަރު ފާހަގަކުރުމުގެ ގޮތުން އިރުމަތީ ޤުދުސްގައި ހުންނަ އަލް-އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ގަދަބާރުން ވަދެގަނެ، އިޒްރޭލުގެ ދިދަ ނަގައި، ތަލްމޫދީ އަޅުކަންތައް ހިންގާފައިވެއެވެ.

މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި، އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަލަސްޠީނުގެ 7 މީހަކަށް 6 މަސް ދުވަހުގެ މުއްދަތަށް މަސްޖިދުލް އަޤްޞާއަށް ވަނުން މަނާކޮށްފައެވެ. މި ފިޔަވަޅު އަޅާފައިމިވަނީ، އިޒްރޭލުގެ ފުލުހުންގެ ޙިމާޔަތުގައި އިސްތިއުމާރުކޮށް ފޭރިގެންފައިވާ ބިންތަކުގައި ނުޙައްޤުން ދިރިއުޅެމުން އަންނަ ގިނަ ޢަދަދެއްގެ ޔަހޫދީ އާބާދުވެރިން (ސެޓްލަރުން) ވިދިވިދިގެން އަޤްޞާއަށް ވަދެގަންނަމުންދާ ދުވަސްވަރެއްގައެވެ.

Ad Image
Ads by

ސެޕްޓެންބަރު 16 ވީ ބުދަ ދުވަހު އަޤްޞާއަށް ވަނުން މަނާކުރި 7 މީހުންގެ ތެރޭގައި އެ މިސްކިތުގެ ގާޑެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ސާމިރް އަބޫ ޤުވައިދަރް ވެސް ހިމެނެއެވެ. މި މީހުންނަށް މިކަން އަންގާފައިވަނީ ވަޓްސްއެޕް މެސެޖުތަކެއް މެދުވެރިކޮށެވެ. އޭގައި އެމީހުންނަށް ދިއުން މަނާ ސަރަޙައްދުތަކާއި މަގުތައް ވަނީ ބަޔާންކޮށްފައެވެ.

ޔަހޫދީންގެ އައު އަހަރުގެ ޢީދާ ގުޅިގެން 600 އެއްހާ ސެޓްލަރުން އަޤްޞާއަށް ވަނުމަށްފަހު، އަންގާރަ ދުވަހުވެސް 165 އަށްވުރެ ގިނަ ޔަހޫދީ އާންމުންވަނީ ހަތިޔާރުއެޅި އިޒްރޭލު ފުލުހުންގެ ޙިމާޔަތުގައި ޙަރަމްފުޅަށް ވަދެގަނެފައެވެ.

1967 ގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް، ސެޓްލަރުން ވަނީ ބާބުލް މަޣާރިބާ އިން ވަދެ ފާޅުގައި ޔަހޫދީންގެ ތަލްމޫދީ އަޅުކަންތައް ކޮށްފައެވެ. މިއީ މުސްލިމުންގެ ބިމެއްގައި ޔަހޫދީންގެ ބާރުވެރިކަން ދެއްކުމަށްޓަކައި ގަސްތުގައި ކުރަމުންދާ ކަމެއްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ފަލަސްޠީނުގެ އިސްވެރިންނާއި އިސްލާމިކް ވަޤުފް އިން އިންޒާރުދޭ ގޮތުގައި، މުސްލިމުންނަށް މިސްކިތަށް ވަނުން މަނާކޮށް، ޔަހޫދީންނަށް ޙިމާޔަތްދީގެން ހިންގާ މި ޢަމަލުތަކަކީ އަޤްޞާގެ ތާރީޚީ އަދި އިސްލާމީ ވަޙުދަތު ފުނޑުފުނޑުކޮށްލުމަށް ރާވައިގެން ހިންގާ ނުރައްކާތެރި މަޝްރޫޢެކެވެ. ކުރިއަށް އޮތް ޔޯމް ކިޕޫރް ޢީދާ ގުޅިގެން މިފަދަ ވަދެގަތުންތައް އިތުރުކުރުމަށް ޔަހޫދީ ޖަމާޢަތްތަކުން ގޮވާލަމުންދާއިރު، މިއީ މުޅި ސަރަޙައްދުގައި ބޮޑު ހަމަނުޖެހުމެއް ފެށިދާނެކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
17432a44-be37-49a9-a956-aec0067255bd
ވޭތުވެދިޔަ 3 އަހަރު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް
aerial-view-of-beach-in-fuvahmulah-island-maldives
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ
download - 2026-09-16T175642
ބައިނަލްއަޤްވާމީ ޑިޖިޓަލް މިންގަނޑު، ޔުނިކޯޑުން ދިވެހި ރުފިޔާގެ ނިޝާނަށް ޖާގައެއް
download - 2026-09-16T235029
މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގެ ޗާޓަރުގައި ރާއްޖެއިން ސޮއިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ