Thursday, 17 September 2026
Ads by

ވޭތުވެދިޔަ 3 އަހަރު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް

ވޭތުވެދިޔަ 3 އަހަރު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް

ޕީއެންސީގެ މަތީ މަޖިލީހުގައި ޔޫތް މިނިސްޓަރު ޢަބްދުﷲ ރާފިޢު--- ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދައިފިއެވެ.

Ad Image
Ads by

މިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސްގައި ޔޫތް މިނިސްޓްރީގެ ސެޝަންގައި މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.

މިގޮތުން، ނޮވެމްބަރު 2023 އިން ފެށިގެން އޮގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ އެތުލީޓުން ވަނީ ބައިނަލްއަގުވާމީ އެކި މުބާރާތްތަކުން ޖުމްލަ 62 މެޑަލް ހޯދައި، ގައުމަށް ރީތި ނަން ހޯދައިދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 17 ރަން މެޑަލް، 18 ރިހި މެޑަލް އަދި 27 ބްރޯންޒް މެޑަލްއެވެ. މި މުއްދަތުގެ ތެރޭގައި އެކި ކުޅިވަރުތަކުން ރާއްޖެއިން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީތަކަށް ބަލާއިރު:

  • އެތުލެޓިކްސް: ފުރަތަމަ އިންޓަރނޭޝަނަލް އިންވިޓޭޝަން ރިލޭ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ 1 ރަން މެޑަލް، 2 ރިހި މެޑަލް އަދި 2 ބްރޯންޒް މެޑަލް ހޯދާފައެވެ.
  • ބޮޑީބިލްޑިންގ: 15 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވަނީ 1 ރަން މެޑަލް އަދި 2 ރިހި މެޑަލް ހާސިލުކޮށްފައެވެ.
  • ޓޭބަލް ޓެނިސް: ސައުތު އޭޝިއަން ރީޖަނަލް އަންޑަރ 15 އަދި އަންޑަރ 19 ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024 ގައި ވާދަކޮށް ރާއްޖޭގެ ޓީމުން ވަނީ 3 ރިހި މެޑަލް އަދި 4 ބްރޯންޒް މެޑަލް ހޯދާފައެވެ.
  • ޝޫޓިންގ: އޭޝިއަން ރައިފަލް/ޕިސްޓަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ޝޫޓަރުން ވަނީ 4 ބްރޯންޒް މެޑަލް ހޯދާފައެވެ.
  • ނެޓްބޯޅަ: 1 ވަނަ އޭޝިއަން ނެޓްބޯޅަ މުބާރާތުގައި ވާދަކޮށް ދިވެހި ޓީމުން ވަނީ މުބާރާތުގެ 3 ވަނަ ހޯދާފައެވެ.
  • ބާސްކެޓްބޯޅަ: ފީބާ އަންޑަރ 18 އޭޝިއާ ކަޕް: ސާބާ ކޮލިފަޔަރސް 2026 ގައި ވާދަކޮށް ރާއްޖޭގެ ޒުވާން ޓީމުން ވަނީ ފަޚުރުވެރި 3 ވަނަ ހޯދާފައެވެ.
  • ބޮޑީބޯޑިންގ: ބުރުނު ޝިކަރު ބޮޑީބޯޑިންގ ޗެލެންޖް 2026 (ޑަބްލިޔުއެންބީއެލް އިވެންޓް) ގައި ރާއްޖޭގެ އެތުލީޓުން ވަނީ މުޅި މުބާރާތް ޑޮމިނޭޓްކޮށް، 1 ވަނަ، 2 ވަނަ އަދި 3 ވަނަ ކާމިޔާބުކޮށްފައެވެ.

ކުޅިވަރުގެ ދާއިރާއިން މިފަދަ ބޮޑެތި ކާމިޔާބީތަކެއް ރާއްޖެއަށް ލިބެމުންދަނީ، ކުޅިވަރު ތަރައްގީކޮށް އެތުލީޓުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސަރުކާރުން ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
17432a44-be37-49a9-a956-aec0067255bd
ވޭތުވެދިޔަ 3 އަހަރު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް
aerial-view-of-beach-in-fuvahmulah-island-maldives
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ
download - 2026-09-16T175642
ބައިނަލްއަޤްވާމީ ޑިޖިޓަލް މިންގަނޑު، ޔުނިކޯޑުން ދިވެހި ރުފިޔާގެ ނިޝާނަށް ޖާގައެއް
download - 2026-09-16T235029
މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގެ ޗާޓަރުގައި ރާއްޖެއިން ސޮއިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ