Thursday, 17 September 2026
Ads by

ހުޅަނގު ބަންގާޅުގައި 252 މަދަރުސާ ބަންދުކުރުމަށް އަންގައިފި، ބީޖޭޕީ ވެރިކަމުން މުސްލިމުންނަށް އަމާޒުކޮށް ހިންގާ ކެމްޕޭނެއް!

ހުޅަނގު ބަންގާޅުގައި 252 މަދަރުސާ ބަންދުކުރުމަށް އަންގައިފި، ބީޖޭޕީ ވެރިކަމުން މުސްލިމުންނަށް އަމާޒުކޮށް ހިންގާ ކެމްޕޭނެއް!

(ފޮޓޯ ކޮލާޖު)

އިންޑިއާގެ ހުޅަނގު ބަންގާޅު (ވެސްޓް ބެންގޯލް) ގައި ވެރިކަންކުރާ ބީޖޭޕީ ސަރުކާރުން، އެ ސްޓޭޓުގައި ހިންގާ އިސްލާމީ ތަޢުލީމުދޭ މަރުކަޒުތަކަށް އަމާޒުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައި، 252 މަދަރުސާއެއް ބަންދުކުރުމަށް އަންގައިފިއެވެ. އަދި އިތުރު 100 އެއްހާ މަދަރުސާއަށް ވަނީ ސުވާލުކޮށް ނޯޓިސް ފޮނުވާފައެވެ.

Ad Image
Ads by

ޖޫން މަހު ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީގެ އަމުރަށް ފެށި މި އޮޕަރޭޝަނުގައި، މަދަރުސާތަކުގެ ރަޖިސްޓްރޭޝަނާއި، ފަންޑު ހޯދާ ގޮތްތަކާއި، އަދި ހިންގުމުގެ ނިޒާމުތައް ވަނީ ބަލައި ފާސްކޮށްފައެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މިއީ ސީދާ މުސްލިމުންގެ ތަޢުލީމީ ނިޒާމާއި ދީނީ ވަޙުދަތު ނައްތާލުމަށް ސަރުކާރުން ރާވައިގެން ހިންގާ ޙަރަކާތެކެވެ.

މައިނޯރިޓީ އެފެއާޒް މިނިސްޓަރު ކްޝުދިރާމް ޓުޑޫ ވިދާޅުވި ގޮތުގައި، ބަންދުކުރަން އެންގި 252 މަދަރުސާއަކީ ސަރުކާރުގެ ރަސްމީ ހުއްދައެއް ނެތި، އަދި އަސާސީ ވަސީލަތްތައްވެސް ނެތި ހިންގަމުންދާ ތަންތަނެވެ. ރަސްމީ ހިސާބުތައް ދައްކާގޮތުން ހުޅަނގު ބަންގާޅުގައި ރަޖިސްޓްރީކޮށްގެން 2,132 މަދަރުސާ ހިންގާއިރު، ހުއްދަ ނެތި 2,400 އެއްހާ މަދަރުސާ ހިންގަމުންދެއެވެ.
އެންމެ ބޮޑަށް އަސަރުކުރި ސަރަޙައްދުތައް: މި ފިޔަވަޅުތަކުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އަމިއްލަ ފަރާތްތަކުން ހިންގާ މަދަރުސާތަކަށެވެ. އެގޮތުން ބަންގްލަދޭޝްއާ ގުޅިފައިވާ ބޯޑަރު ސަރަޙައްދުތަކާއި މުސްލިމުން ގިނަ ޑިސްޓްރިކްޓްތައް ކަމަށްވާ މާލްޑާ އާއި މުރްޝިދާބާދުގެ ގިނަ މަދަރުސާތަކެއް ބަންދުކުރަން ވަނީ އަންގާފައެވެ.

ސްޓޭޓްގެ ޕަންޗާޔަތީ ރާޖް މިނިސްޓަރު ދިލީޕް ގޯޝް ވަނީ މި ނިންމުމަށް ތާއީދުކޮށް، ބައެއް މަދަރުސާތަކަކީ ޤައުމާ ދެކޮޅު ޙަރަކާތްތައް ހިންގުމަށް ބޭނުންކުރާ ތަންތަން ކަމަށް ތުހުމަތުކޮށްފައެވެ. އަދި ހައްދުފަހަނައެޅުމުގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ ބައެއް މީހުންނަކީ މިފަދަ ތަންތަނުގައި ކިޔަވައިދޭން އުޅޭ މީހުންކަމަށް އޭނާ ބުންޏެވެ.

އިދިކޮޅު ޕާޓީ ޓީއެމްސީގެ އެމްއެލްއޭ ކުނާލް ގޯޝް ވަނީ ސަރުކާރުގެ މި ވާހަކަތައް ކުށްވެރިކޮށްފައެވެ. އޭނާ ބުނީ މަދަރުސާތަކަކީ ޓެރަރިސްޓުން އުފައްދާ ތަންތަން ކަމަށް ސިފަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުންވެސް ބުނަނީ، މަދު ބައެއްގެ މައްސަލައެއްގައި މުޅި މުސްލިމް މުޖުތަމަޢުގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އެޅުވުމަކީ ބޭއިންސާފެއް ކަމަށެވެ.

މިއީ ހަމަ އެހެން ޤައުމުތަކުގައިވެސް ކަން ހިނގާ އުސޫލެވެ. މުސްލިމުންގެ ބަޔަކަށް އަނިޔާވެރިވުމަށް ބޭނުންކުރާ އެންމެ ބޮޑު ހަތިޔާރަކީ ’ހައްދުފަހަނައެޅުން’، ’ހަރުކަށި ފިކުރު‘, ’ޓެރަރިޒަމް‘ ފަދަ ލޭބަލްތަކެވެ. އެޔަށްފަހު ސަރުކާރުތަކުން އެ ލޭބަލްކުރާ ބަޔަކާ ދޭތެރޭ ކިތަންމެ ބޭއިންސާފުން ކަންތައްކުރިޔަސް އެކަމާ ދެކޮޅަށް ވަކާލާތުކުރާނެ ބަޔަކު ވަރަށް މަދެވެ. އެންމެ ބޮޑު ހިތާމައަކީ އިސްލާމްދީނާ މުސްލިމުންނާ ދެކޮޅަށް ކާފަރު ޤައުމުތަކުން ބޭނުންކުރަމުންދާ މިފަދަ ނުބައި މާފްހޫމްތައް މުސްލިމް ޤައުމުތަކުގެ ވެރިކަންތަކުންވެސް އަމިއްލަ މުސްލިމް އާބާދީތަކާ ދެކޮޅަށް ބޭނުންކުރުމެވެ. މީގެ ސަބަބުން އިސްލާމްދީނަށް ހުތުރު ނަން ލިބި، މުސްލިމުން ބައިބައިވެ ނިކަމެތިވެގެން ދިއުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
17432a44-be37-49a9-a956-aec0067255bd
ވޭތުވެދިޔަ 3 އަހަރު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް
aerial-view-of-beach-in-fuvahmulah-island-maldives
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ
download - 2026-09-16T175642
ބައިނަލްއަޤްވާމީ ޑިޖިޓަލް މިންގަނޑު، ޔުނިކޯޑުން ދިވެހި ރުފިޔާގެ ނިޝާނަށް ޖާގައެއް
download - 2026-09-16T235029
މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގެ ޗާޓަރުގައި ރާއްޖެއިން ސޮއިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ