Sunday, 27 September 2026
Ads by

އެޕަލްއިން ސިރީ އާންމުންނަށް ޓެސްޓުކުރުމަށް ނެރެފި

އެޕަލްއިން ސިރީ އާންމުންނަށް ޓެސްޓުކުރުމަށް ނެރެފި

އެޕަލް ކުންފުނީގެ މަޝްހޫރު ވާޗުއަލް އެސިސްޓެންޓް ”ސިރީ“ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތަކާއެކު މުޅިން އަލުން ފަރުމާކޮށް، އައިފޯން ބޭނުންކުރާ ފަރާތްތަކަށް ޓެސްޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ad Image
Ads by

މި އާ ބަދަލުތައް ނެރެފައިވަނީ އައިފޯން ސޮފްޓްވެއާގެ އެންމެ ފަހުގެ އަޕްޑޭޓް ކަމަށްވާ އައިއޯއެސް 27 ގެ ބީޓާ (ޓެސްޓިންގ) އަދާހަމާއެކުގައެވެ.

އަލަށް ތައާރަފުކުރި ސިރީ އޭއައި ސިސްޓަމަކީ ކުރިއަށްވުރެ ބޮޑަށް އިންސާނީ ވާހަކަދެއްކުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންކުރާ މީހާގެ އަމިއްލަ މައުލޫމާތާއި ފޯނުގެ ތެރޭގައި ހުންނަ ކަންކަން ދެނެގަތުމުގެ ގާބިލުކަން ލިބިގެންވާ ނިޒާމެކެވެ.

މި ނިޒާމުގެ ސަބަބުން މެސެޖުތަކާއި، އީމެއިލް، އަދި ފޮޓޯތަކުގެ ތެރެއިން ބޭނުންވާ މައުލޫމާތު ފަސޭހައިން ހޯދައިދިނުމުގެ އިތުރުން ފޯނުގެ ސްކްރީންގައާއި ތަފާތު އެޕްލިކޭޝަންތަކުގައި އެކި މަސައްކަތްތައް ސިރީ މެދުވެރިކޮށް ކުރެވޭނެއެވެ.

މީގެއިތުރުން ސިރީއަށް ޚާއްސަ އައު އެޕްލިކޭޝަނެއް ހިމެނިފައިވާއިރު، މެސެޖުތަކާއި ކަލަންޑަރުގެ އިވެންޓްތައް އަމިއްލައަށް ތައްޔާރުކޮށްދިނުމާއި، ކެމެރާ މެދުވެރިކޮށް ފެންނަ މަންޒަރުތައް ދެނެގަނެ ސުވާލުތަކަށް ޖަވާބުދިނުމުގެ އިތުރުން ފޮޓޯ އެޑިޓްކުރުމާއި އޭއައި މެދުވެރިކޮށް ސޫރަ އުފެއްދުމުގެ ގާބިލުކަންވެސް ހިމެނެއެވެ.

އެޕަލްއިން ބުނާގޮތުގައި މި އާ ސިރީ ބޭނުންކުރުމަށްޓަކައި ސެޓިންގްސްއިން ބީޓާ އޮޕްޝަން އޮންކުރުމަށްފަހު، ބޭނުންކުރާ ފަރާތްތަކުން ޚާއްސަ ވެއިޓްލިސްޓެއްގައި ބައިވެރިވާންޖެހޭނެއެވެ.

މި ޚިދުމަތް އެންމެ ފުރަތަމަ ލިބިގެންދާނީ އިނގިރޭސި ބަހުން ކަމަށާއި، ކުރިއަށް އޮތް މަހު ފްރެންޗް، ޖަޕަނީޒް، ކޮރިއަން އަދި ސްޕެނިޝް ބަހުންވެސް މިއަށް ސަޕޯޓްކުރާނެ ކަމަށް އެޕަލްއިން ވަނީ ރާވާފައެވެ.

މި އާ ބަދަލާއެކު އެޕަލްއިން ވަނީ ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތުގެ ރައްކާތެރިކަމާއި ޕްރައިވަސީއަށް ޚާއްސަ އިސްކަމެއް ދީފައިވާކަން ހާމަކޮށް، ކްލައުޑް މެދުވެރިކޮށް ކުރެވޭ ބައެއް ބުރަ މަސައްކަތްތަކަށް ދުވަހުގެ ލިމިޓެއް ކަނޑައެޅިފައިވާކަން ބުނެފައެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި