Sunday, 27 September 2026
Ads by

ސަރުކާރާއި ޕީއެންސީގައި އޮތީ ޤައުމީ އެޖެންޑާ އެކަނި: ރައީސް

ސަރުކާރާއި ޕީއެންސީގައި އޮތީ ޤައުމީ އެޖެންޑާ އެކަނި: ރައީސް

ޕީއެންސީ މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ| ޕީއެންސީ

ސަރުކާރާއި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ޤައުމީ އެޖެންޑާ ފިޔަވައި އިތުރު އެޖެންޑާއެއް ނެތް ކަމަށާއި، މައިގަނޑު އަމާޒަކީ ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށް، ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންސީގެ މަތީ މަޖިލިސް (ސެނެޓް) ރަސްމީކޮށް ފެށުމަށްޓަކައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ، ޕީއެންސީއަކީ އަބަދުވެސް ވަރަށް ޒިންމާދާރު ސިޔާސަތުތަކެއް ގެންގުޅޭ އަދި ކޮންމެ ކަމެއްގައި ވެސް ޤައުމު އިސްކުރާ ޕާޓީއެއް ކަމަށެވެ. އަދި ޕީއެންސީ އެކޭ އެއްފަދައިން ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން ވެސް ސިޔާސީ ހަރަކާތްތައް ހިންގުމުގައި ޒިންމާދާރުކަން އިސްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާތްވެގެންވާ އިސްލާމްދީނަކީ ދިވެހިންގެ ހަމައެކަނި އަސާސް ކަމަށް ބަލައިގެން، ޤައުމު އިސްކުރުމުގެ ފިކުރު އުފެދިގެން އައީ ވޭތުވެދިޔަ އެތައް އަހަރެއްގެ މާޒީގައި ކުރެވުނު ތަޖުރިބާތަކާއި ދަތުރުތަކުގައި ދިމާވި ކާމިޔާބީ އާއި ނާކާމިޔާބީގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގެ މައިގަނޑު ފަލްސަފާއަކީ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަމެވެ. ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކާއި ޕާޓީގެ ވިސްނުން ބިނާވެފައިވަނީ މި ތިން އަސާސަށް ކަމަށާއި، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، ގައުމު އާ އުސްމިންތަކަކަށް ގެންގޮސްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މިސަރުކާރުގެ ”ދިވެހިންގެރާއްޖެ“ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ ގައުމު ދޫކޮށްލާފައި އަމިއްލަ އެދުންތަކެއް ހާސިލްކުރާ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ޕާޓީގެ ފައިދާއަށްޓަކައި ގައުމަށް ގެއްލުން ދިނުމަކީ ވެސް އެ ސިޔާސަތު ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ބައެއް ސިޔާސީ ފަރާތްތަކުން ގައުމަށް ގެއްލުންވާ ގޮތަށް ކަންކަން ކުރަމުންދިޔަ ނަމަވެސް، އެއީ އެއްވެސް ބަޔަކު ގަސްދުގައި ކުރާ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެންމެންނަކީ ވެސް ދިވެހިން ކަމަށްވެފައި، ގައުމު ދެކެ ލޯބިވާ ބަޔަކަށް ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަކީ މުސްލިމުން. އެހެންވީމަ އަޅުގަނޑު އެދެނީ ޕީއެންސީގެ ހުރިހާ މެމްބަރުންގެ ކިބައިންނާއި ހާއްސަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދެން ބޭނުންވަނީ އަޅުގަނޑުމެންގެ ސިޔާސީ އެލައިންމަންޓް ކޮންމެ ޕާޓީއެއްގައި އޮތަސް، އަޅުގަނޑުމެންނަކީ ހަނދާން ކުރަމާ ހިނގާށޭ ދެންމެ ދެންނެވި ކަންތައް، އެއީ ކޮން ކަމެއްތޯ؟ އަޅުގަނޑުމެންނަކީ ދިވެހިންނޭ،“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ ސިޔާސީ ޕާޓީއަކުން ވެރިކަމަށް އަޔަސް ބޮޑެތި އިމާރާތްތައް ބިނާކުރުމަށް އިސްކަންދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އުމްރާނީ ތަރައްގީއާ އެކު ދިވެހިންގެ މެދުގައި ގައުމީ ލޯތްބާއި ގައުމީ ފިކުރު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ގައުމީ ވިސްނުމާއި ލޯބި ނެތް ނަމަ، ކިތަންމެ ގިނަ މަޝްރޫއުތަކެއް ހިންގި ނަމަވެސް އޭގެ ހަގީގީ ފައިދާއެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި