ކޮންގްރެސްގެ މަތީ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް (ސެނެޓް) ހުޅުވުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
މި ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވީ، ކޮންގްރެސް ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން އެމަނިކުފާނަށް ރަސްމީކޮށް އެރުވި ޚާއްޞަ ދަޢުވަތު ޤަބޫލުފުޅުކުރެއްވުމަށް ފަހުގައެވެ. ޖަލްސާ ބޭއްވުނު މާލަމަށް ރައީސް މުޙައްމަދު ނަޝީދު ވަޑައިގަތުމުން، ޕާޓީގެ އިސްވެރިންނާއި މެންބަރުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ޖަލްސާގައި ސިޔާސީ އެކި ޕާޓީތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ޢަދާލަތު ޕާޓީގެ ރައީސް ޝިޕާން އާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމް ވެސް ވަނީ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.











