Thursday, 17 September 2026
Ads by

ލިތުއޭނިއާގެ ކައުނަސް މިސްކިތަށް އޫރު ބޮލެއް ގެންގޮސް، ހުކުރު ނަމާދަށް ހުރަސްއަޅައި އަޅުވެރީންނަށް ފުރައްސާރަކޮށްފި

ލިތުއޭނިއާގެ ކައުނަސް މިސްކިތަށް އޫރު ބޮލެއް ގެންގޮސް، ހުކުރު ނަމާދަށް ހުރަސްއަޅައި އަޅުވެރީންނަށް ފުރައްސާރަކޮށްފި

ކޯނަސްގައި ހުންނަ މިސްކިތެއްގައި ނަމާދުކުރަން ތިބި މީހުންނަށް ބައިކަރުން (މޮޓޯސައިކަލް ދުއްވާ މީހުން) އުނދަގޫކުރަނީ (ވީޑިއޯ ފުޓޭޖަކުން ނަގާފައިވާ ފޮޓޯއެއް/ ކޭ. އަލެކްނަވިޗޭ / އެލް.އާރު.ޓީ)

ލިތުއޭނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކައުނަސްގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަމުންދަނިކޮށް، ގާތްގަނޑަކަށް 100 އެއްހާ ސައިކަލު ދުއްވާ މީހުންގެ (ބައިކަރުންގެ) ގްރޫޕަކުން ގޮސް އަޑުގަދަކޮށް، އޫރު ބޮލެއް ދައްކައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފިއެވެ.

Ad Image
Ads by

މި މައްސަލައާ ގުޅިގެން ލިތުއޭނިއާގެ ފުލުހުން ވަނީ ނަފްރަތު އުފެއްދުމުގެ ކުށުގެ ދަށުން ޖިނާއީ ތަޙުޤީޤެއް ފަށާފައެވެ. އަދި މިކަމާ ގުޅިގެން މުސްލިމް މުޖުތަމަޢުގެ އިސްވެރިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ސެޕްޓެންބަރު 11 ވީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި، މިސްކިތް ކައިރީގައި އޮންނަ ރަމީބެސް ޕާކަށް މި ގްރޫޕް އެއްވެ، ސައިކަލުތަކުގެ އިންޖީނުގެ އަޑުގަދަކޮށް، ބާރަށް ލަވަޖަހައި އަދި ”ލިތުއޭނިއާ“ އަށް ގޮވައި ނަމާދަށް ހުރަސްއަޅަން ވަނީ މަސައްކަތްކޮށްފައެވެ.

މުސްލިމުންނަށް ޖެއްސުންކޮށް ރުޅިއެރުވުމުގެ ގަސްތުގައި މި ގްރޫޕުން ވަނީ ކަނޑާފައިވާ އޫރެއްގެ ބޯ އެތަނަށް ގެންގޮސް ދައްކާފައެވެ. މިފަދަ ބޮޑު ގޯނާއެއް ކުރިމަތިވި ނަމަވެސް، މިސްކިތުގައި ތިބި މުސްލިމުން ވަނީ ސާބިތުކަމާއެކު ނަމާދު ނިންމާލާފައެވެ.

ލިތުއޭނިއާގެ މުފްތީ އަލެކްސަންދްރާސް ބެގަންސްކާސް ވަނީ މި ޢަމަލު ކުށްވެރިކުރޮށް، މުސްލިމުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަން ހަނދާންކޮށްދީފައެވެ. އަދި މިސްކިތުގެ ވަށައިގެން ފެންސު ޖެހުމަށާއި، ދީނީ ނަފްރަތު އުފެއްދުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ކައުނަސްގެ ފުލުހުން ވަނީ ޢާންމު އެއްވުންތަކާބެހޭ ޤާނޫނާ ޚިލާފުވި މައްސަލައިގެ އިތުރުން، ބަޔަކާމެދު ނަފްރަތު އުފެއްދުމުގެ ކުށުގެ ދަށުން ޖިނާއީ ތަޙުޤީޤެއް ފަށާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
17432a44-be37-49a9-a956-aec0067255bd
ވޭތުވެދިޔަ 3 އަހަރު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް
aerial-view-of-beach-in-fuvahmulah-island-maldives
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ
download - 2026-09-16T175642
ބައިނަލްއަޤްވާމީ ޑިޖިޓަލް މިންގަނޑު، ޔުނިކޯޑުން ދިވެހި ރުފިޔާގެ ނިޝާނަށް ޖާގައެއް
download - 2026-09-16T235029
މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގެ ޗާޓަރުގައި ރާއްޖެއިން ސޮއިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ