Sunday, 20 September 2026
Ads by

އީރާނާ ދެކޮޅަށް ހިންގި އޮޕަރޭޝަނަށް 33.4 ބިލިއަން ޑޮލަރު ޚަރަދުވެ، އެމެރިކާގެ ހަތިޔާރު މަދުވެއްޖެކަމަށް ރިޕޯޓުކޮށްފި

އީރާނާ ދެކޮޅަށް ހިންގި އޮޕަރޭޝަނަށް 33.4 ބިލިއަން ޑޮލަރު ޚަރަދުވެ، އެމެރިކާގެ ހަތިޔާރު މަދުވެއްޖެކަމަށް ރިޕޯޓުކޮށްފި

އިންސްޕެކްޓަރ ޖެނެރަލްގެ ރިޕޯޓާ ހަވާލާދީ ބުނެފައިވާގޮތުގައި، ޖޫން 29ގެ ނިޔަލަށް އެމެރިކާގެ އަސްކަރިއްޔާއިން އަންދާޒާކުރާގޮތަށް 33.4 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. (ފޮޓޯ: ސޯޝަލް މީޑިއާ)

އެމެރިކާގެ ވޯރ ޑިޕާޓްމަންޓްގެ އިންސްޕެކްޓަރ ޖެނެރަލް ނެރުއްވި އާ ރިޕޯޓެއްގައި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މާލީ ގޮތުންނާއި އަސްކަރީ ވަސީލަތްތަކަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން ހާމަކޮށްފިއެވެ.

Ad Image
Ads by

”އޮޕަރޭޝަން އެޕިކް ފިއުރީ“ ގެ ނަމުން ނަންދީފައިވާ މި ވަރުގަދަ އަސްކަރީ އޮޕަރޭޝަނަށް، ޖޫން 30، 2026 ގެ ނިޔަލަށް ގާތްގަނޑަކަށް 33.4 ބިލިއަން ޑޮލަރު ޚަރަދުވެފައިވާކަމަށް އިންސްޕެކްޓަރ ޖެނެރަލްގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި ބޮޑު ޚަރަދުގެ އިތުރުން، ގިނަ ޢަދަދެއްގެ ޒަމާނީ ހަތިޔާރު ބޭނުންކުރަން ޖެހުމުގެ ސަބަބުން، އެމެރިކާގެ އަސްކަރީ ގުދަންތަކުގައި ހުރި މިސައިލްތައް މަދުވެ، ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން ދެމެހެއްޓުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

ކޮންގްރެސްއަށް ހުށަހެޅި މި ރިޕޯޓުގައިވާ ގޮތުން، އީރާނުގެ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލް ނިޒާމުތައް ފުނޑުފުނޑުކޮށްލުމަށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ 36،000 އަށްވުރެ ގިނަ ވައިގެ ހަމަލާތައް ދީފައެވެ. މިކަމަށް 33.4 ބިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.

މި ހަނގުރާމައިގައި އެމެރިކާއިން ވަނީ އެ ޤައުމުގެ އަތުގައި ހުރި ’ތާޑް‘ އަދި ’ޕެޓްރިއޮޓް‘ އިންޓަރސެޕްޓަރ މިސައިލްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން ބޭނުންކޮށްފައެވެ. މި ހަތިޔާރުތައް އަލުން އުފައްދައި ގުދަންތައް ފުރާލުމަށް 3 ނުވަތަ 5 އަހަރު ނަގާނެކަމަށް މާހިރުން ލަފާކުރެއެވެ.

މެދުއިރުމަތީގައި ގިނަ ޢަދަދެއްގެ ހަތިޔާރު ބޭނުންކުރަން ޖެހުމުން، ޔޫރަޕާއި އޭޝިއާގައި ތިބި އެމެރިކާގެ ވައިގެ ދިފާޢީ ފައުޖުތަކުގެ ހަތިޔާރުތައް ވަނީ މެދުއިރުމައްޗަށް ބަދަލުކޮށްފައެވެ. މީގެ ސަބަބުން ޗައިނާ ފަދަ ޤައުމުތަކާ ދެކޮޅަށް، ޚާއްޞަކޮށް ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ތައްޔާރީ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-20T181257
ބޯޑިން ޕާސްގެ ފޮޓޯ އާންމުކުރުން ހުއްޓާލަން ސައިބާ މާހިރުންގެ އިންޒާރެއް!
maurifa555
މަޢުރިފާ 2026 ފޮތް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
large_thumb_1789878576274
ޒުވާނުންގެ ކައުންސެލިންގ އަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" އިފްތިތާޙުކޮށްފި
PG office
އަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ މައްސަލައިގައި ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ