Sunday, 20 September 2026
Ads by

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މިއަދު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

Ad Image
Ads by

މާލޭގެ ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި، މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ސަގާފީ ހުށަހެޅުމެއް ވަނީ ހުށަހަޅައިދީފައެވެ. އަދި އެއަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ބޮޑުވަޒީރުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އެމްއެންޑީއެފުން އެރުވި ޝަރަފްގެ ގާޑް އިންސްޕެކްޓް ކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ދިވެހި ދައުލަތުގެ އިއްޒަތްތެރިން ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މަރުހަބާ ވިދާޅުވެ ތައާރަފުވެވަޑައިގެންނެވިއެވެ. އަދި މެލޭޝިއާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ ތައާރަފުކޮށްދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-20T181257
ބޯޑިން ޕާސްގެ ފޮޓޯ އާންމުކުރުން ހުއްޓާލަން ސައިބާ މާހިރުންގެ އިންޒާރެއް!
maurifa555
މަޢުރިފާ 2026 ފޮތް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
large_thumb_1789878576274
ޒުވާނުންގެ ކައުންސެލިންގ އަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" އިފްތިތާޙުކޮށްފި
PG office
އަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ މައްސަލައިގައި ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ