Thursday, 17 September 2026
Ads by

ރެކޯޑު އަދަދަކަށް ބީއެމްއެލްގެ ކާޑުތަކުން މި އަހަރު ޑޮލަރުގެ މުއާމަލާތް ކުރާނެ ކަމަށް ލަފާކޮށްފި

ރެކޯޑު އަދަދަކަށް ބީއެމްއެލްގެ ކާޑުތަކުން މި އަހަރު ޑޮލަރުގެ މުއާމަލާތް ކުރާނެ ކަމަށް ލަފާކޮށްފި

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓް ސްޓްރެޓެޖީ މުޙައްމަދު ސައީދު ވާހަކަދައްކަވަނީ --- ފޮޓޯ: ޕީއެސްއެމް

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް މެދުވެރިކޮށް މި އަހަރު ކުރާ ޑޮލަރުގެ މުއާމަލާތްތައް، ނިމިދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް އެ ބޭންކުން ލަފާކޮށްފިއެވެ. މިއީ ރާއްޖޭގައި ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އާންމުންގެ ފަރާތުން ބޭރު ފައިސާއަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވެފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

Ad Image
Ads by

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓް ސްޓްރެޓެޖީ މުޙައްމަދު ސައީދު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރަކީ ބޭންކުގެ ތާރީޚުގައި ވެސް އެންމެ ގިނައިން ކާޑުތަކަށް ޑޮލަރު ދޫކުރި އަހަރެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 390 މިލިއަން ޑޮލަރުގެ މުއާމަލާތް ކާޑުތަކުން ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އެކަނިވެސް 304 މިލިއަން ޑޮލަރު ވަނީ ކާޑުތަކަށް ވިއްކާފައެވެ.

ސައީދު ފާހަގަކުރެއްވި ގޮތުގައި މިހާރު ކާޑުތަކުން ކުރެވޭ މުއާމަލާތްތަކުގެ ނިސްބަތަށް ބަލާއިރު، އަހަރު ނިމޭއިރު މިދިޔަ އަހަރަށްވުރެ 30 މިލިއަނެއްހާ ޑޮލަރު އިތުރަށް ވިއްކޭނެކަމަށް އަންދާޒާކުރެވެއެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖެއިން ބޭރުގެ އެކި ޚިދުމަތްތަކާއި މުދާ ހޯދުމަށް ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔުމެވެ.

ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މަހެއްގެ މައްޗަށް 270،000 ކަސްޓަމަރުން އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރެއެވެ. ޚާއްސަކޮށް ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ހިނގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގައި ބީއެމްއެލްގެ އީ-ކޮމާސް ލިމިޓް އާވާއިރު، މި ލިމިޓުގެ ބޭނުން ގިނަ ބަޔަކު ހިފަމުންދެއެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި ކާޑުތަކުގެ މުއާމަލާތްތަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 38 މިލިއަން ޑޮލަރު ހޭދަވާއިރު، ހުރިހާ ދާއިރާއެއް އެއްކޮށް ބަލާނަމަ ކަސްޓަމަރުންނަށް މަހަކު 81 މިލިއަން ޑޮލަރު ބޭންކުން ހަމަޖައްސައިދެއެވެ. މީގެ ތެރޭގައި ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް ވަކި ފަންޑެއް ހަމަޖައްސާފައިވުމަކީ، ޒަރޫރީ ބޭނުންތަކަށް ބުރޫނާރާނެހެން ފައިސާ ދެއްކޭނެ އިންތިޒާމު ފަހިކޮށްދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.

ކާޑުތަކުން ކުރެވޭ މުއާމަލާތްތައް މިހާ ބޮޑަށް އިތުރުވެފައިވާއިރު، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމާ ގުޅިގެން ކަސްޓަމަރުންނަށް ޑޮލަރު ދޫކުރުމުގައި ބޭންކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ދާދި ފަހުން ވެސް ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލްއިން ގެނައި ކުއްލި ބަދަލާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން، އެ ނިންމުން ވަނީ އަނބުރާ ގެންގޮސްފައެވެ. ކަސްޓަމަރުންގެ ކާޑު ލިމިޓްތައް މެނޭޖްކުރުމަށާއި، ބޭންކަށް ލިބޭ ޑޮލަރުގެ ނިސްބަތުން ހަމަހަމަކޮށް އެ ފައިސާ ފޯރުކޮށްދިނުމަށް ބީއެމްއެލްއިން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އަދި އާންމު ދިރިއުޅުމުގެ ޚަރަދުތަކާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ގިނަ ބަޔަކު ބޮޑަށް ބަރޯސާވަނީ ބީއެމްއެލްގެ ކާޑުތަކަށް ކަމަށްވުމުން، މިއީ މުޅި އިގްތިސާދާ ވެސް ގުޅިފައިވާ ނުހަނު މުހިންމު މައްސަލައެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
17432a44-be37-49a9-a956-aec0067255bd
ވޭތުވެދިޔަ 3 އަހަރު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް
aerial-view-of-beach-in-fuvahmulah-island-maldives
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ
download - 2026-09-16T175642
ބައިނަލްއަޤްވާމީ ޑިޖިޓަލް މިންގަނޑު، ޔުނިކޯޑުން ދިވެހި ރުފިޔާގެ ނިޝާނަށް ޖާގައެއް
download - 2026-09-16T235029
މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގެ ޗާޓަރުގައި ރާއްޖެއިން ސޮއިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ