Thursday, 17 September 2026
Ads by

ލަންކާގެ ޖޫނިއަރ ޗެމްޕިއަން ބަލިކޮށް، 9 އަހަރުގެ އާލިޔާ ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތުން ރަން ވަނަ ހޯދައިފި

ލަންކާގެ ޖޫނިއަރ ޗެމްޕިއަން ބަލިކޮށް، 9 އަހަރުގެ އާލިޔާ ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތުން ރަން ވަނަ ހޯދައިފި

ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިޔާ އާލިޔާ މުޙައްމަދު ލަޠީފް---

ސްރީލަންކާގެ ޖޫނިއާ ޗެމްޕިއަން ބަލިކުރުމަށްފަހު، ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިޔާ އާލިޔާ މުޙައްމަދު ލަޠީފް، ”ލަންކާ އިންޓަނޭޝަނަލް ސާފިންގ ޗެމްޕިއަންޝިޕް“ ގެ ޖޫނިއަރ ބައިން ފަހުރުވެރި އެއްވަނަ ހޯދައި ރާއްޖެއަށް ރީތި ނަން ހޯދައިދީފިއެވެ.

Ad Image
Ads by

ދުނިޔޭގެ އެކި ގައުމުތަކުން ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރި މި މުބާރާތުގެ ފައިނަލް ހީޓުގައި، އުމުރުން އެންމެ ނުވަ އަހަރުގެ އާލިޔާ ވާދަކޮށްފައިވަނީ ލަންކާގެ މިދިޔަ އަހަރުގެ ޖޫނިއަރ ޗެމްޕިއަން ސަޔުނީ އަންޖަނާއާއެވެ. މި ކެޓަގަރީގެ ތިންވަނަ މަގާމު ހާސިލުކުރީ ސްވިޒަލެންޑުގެ ކެމީލް އެޓާއެވެ.

އާލިޔާ ހޯދި މި ފަހުރުވެރި ކާމިޔާބީއާ ގުޅިގެން މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ. އެ އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި، އުމުރުން ދޮށީ އެތުލީޓުންނާ ވާދަކޮށް އާލިޔާ ވަނީ އާދަޔާހިލާފު ހުނަރަކާއި ވަރުގަދަ އަޒުމެއް ދައްކުވައިދީފައެވެ. އަދި ކުރިމަގުގައި އާލިޔާ މިއަށްވުރެ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތައް ރާއްޖެއަށް ހޯދައިދޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެމްއެސްއޭއިން ބަޔާންކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އާލިޔާ ވަނީ މިދިޔަ އަހަރު ބޭއްވުނު ގައުމީ ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި އޭނާ ހޯދި ފުރަތަމަ ރަން ވަނައެވެ.

”ލިޓްލް ސޯލްޓް ވޯޓާ ޕްރިންސެސް“ ގެ ނަމުން މަޝްހޫރުވެފައިވާ އާލިޔާ ރާޅާއަޅަން ފެށީ އުމުރުން އެންމެ ތިން އަހަރުގައެވެ. މަޝްހޫރު ރާޅާއެޅުންތެރިއެއް ކަމަށްވާ އޭނާގެ މަންމަގެ ފިޔަވަޅުމަތިން، އާލިޔާ ވެސް ވަނީ ވަރަށް ކުޑައިރު މި ކުޅިވަރުގެ ތެރެއަށް ނިކުމެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
17432a44-be37-49a9-a956-aec0067255bd
ވޭތުވެދިޔަ 3 އަހަރު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް
aerial-view-of-beach-in-fuvahmulah-island-maldives
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ
download - 2026-09-16T175642
ބައިނަލްއަޤްވާމީ ޑިޖިޓަލް މިންގަނޑު، ޔުނިކޯޑުން ދިވެހި ރުފިޔާގެ ނިޝާނަށް ޖާގައެއް
download - 2026-09-16T235029
މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގެ ޗާޓަރުގައި ރާއްޖެއިން ސޮއިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ