Thursday, 8 October 2026
Ads by

ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ 12 ބިދޭސީއެއްގެ މައްސަލަ ބަލަނީ

ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ 12 ބިދޭސީއެއްގެ މައްސަލަ ބަލަނީ

ހޯމް މިނިސްޓަރު ޢަލީ އިޙުސާން---

ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހުއްދަ ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ޓާސްކްފޯހުން ހުޅުވާލި ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް 12 މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ އިމިގްރޭޝަން ޑިޓެންޝަނަށް ގެންގޮސްފައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިފަދަ ކަންކަމުގައި ބިދޭސީން ހިފަހައްޓައި ޑިޓެންޝަނަށް ގެންދިއުމުން، އެ މީހުން ދޫކޮށްލުމަށް އެދި ދިވެހިން އަންނަ މައްސަލަ ފާހަގަކުރެވޭ ކަމަށެވެ. ބިދޭސީން ރާއްޖެ ގެނައުމަށްފަހު، އެ މީހުން ކުރާ ކަންކަން ނުބަލައި މަގުމައްޗަށް ދޫކޮށްލާފައި ބޭތިއްބުމަށްފަހު، ގާނޫނު ތަންފީޒުކުރަން ފެށުމުން އެ މީހުންގެ ޒިންމާ ނަގަން އައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

”މީގެ ކުރީގެ ސަރުކާރުތަކުން ގާނޫނު ތަންފީޒުނުކޮށް އޮތުމަކީ އެ ގާނޫނުތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުބަލާށޭ. ތަކުރާރުކޮށް ފެންނަމުންދޭ ބިދޭސީން ރާއްޖެއަށް ގެނެސް އޭނާ އުޅެމުންދަނީ ދިން ހުއްދަތަކާއެކު ނޫން. އެކަމުގެ އެބަޖެހޭ ގެންނަ މީހާ ޒިންމާވެސް ނަގަން،“ – މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، ބައެއް ކަންމަތީ ފިހާރަތަކަކީ ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ބިދޭސީން ހިންގަމުންދާ ތަންތަންކަން ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފުޅާ ދާއިރާއެއްގައި މިފަދަ ގަވާއިދާ ހިލާފު ވިޔަފާރިތައް ކުރާކަން ސާބިތުވެއްޖެނަމަ އެއްވެސް ލުޔެއް ދިނުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށާއި، ދިވެއްސެއްގެ ނިވާފަތްގަނޑުގައި މިކަން ކުރާނަމަ އެ ދިވެހި މީހާއާ މެދުވެސް ހަރުކަށި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު މިނިސްޓަރު ވަނީ ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ