Thursday, 8 October 2026
Ads by

ރައީސް އޮފީހުގެ 2 މަގާމަކަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި

ރައީސް އޮފީހުގެ 2 މަގާމަކަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް--- ފޮޓޯ: އެކި އެމްވީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަގާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިނިސްޓަރުގެ ފެންވަރުގައި އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަގާމަށް އައްޔަންކުރެއްވި ގ. ފިނިވިލު، މުޙައްމަދު ޠަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކުރެއްވި ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބެވެ.

ޓަރޝަރީ ހެލްތު ސަރވިސަސްގެ ޕްރިންސިޕަލް ސެކްރެޓެރީގެ މަގާމަށް އައްޔަންކުރެއްވި މުޙައްމަދު ޠަލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުގައެވެ. މީގެއިތުރުން ޠަލާލަކީ ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުގެ މަގާމާއި، އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.

އަދި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ. މުޙައްމަދު ޠަލާލަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕޮލިސީ އެންޑް މެނިފެސްޓޯގެ ޕްރިންސިޕަލް ސެކްރެޓެރީގެ މަގާމަށް އައްޔަންކުރެއްވި އަޙްމަދު ޙަބީބަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޙަބީބް އެންމެ ފަހުން އަދާކުރެއްވީ ވިލާ އެއަރގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ. އަދި މީގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަމާއި، ވިލާ ހަކަތައިގެ މެނޭޖަރުކަމުގެ އިތުރުން ވިލާ އެއަރގެ ކާޑެއްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Yamin 565
ޔާމީން ވެރިކަމަށް ކުރިމަތިލިޔަނުދޭން ސަރުކާރުން އުޅޭކަމަށް ތުހުމަތުކޮށްފި
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ