Thursday, 17 September 2026
Ads by

މުދަލު ޒަކާތުގެ ގޮތުގައި އޮގަސްޓް މަހުގެ ނިޔަލަށް 104.4 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި އޮގަސްޓް މަހުގެ ނިޔަލަށް 104.4 މިލިއަން ރުފިޔާ

ބަޔަކު ޒަކާތް ދައްކަނީ--- ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ad Image
Ads by

މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ އޮގަސްޓު މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 104,465,702 ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 82,163,911 ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ.

ނަމަވެސް، ނިމިދިޔަ އޮގަސްޓު މަހު އެކަނި ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން އޮގަސްޓު މަހު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ ހަތް މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އަށް މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށް ވާއިރު، އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވެ، އެ މުދަލެއްގެ މައްޗަށް ހިޖުރީ ގޮތުން އަހަރެއް ފުރިހަމަވުމުން ޒަކާތް ނެރުމަކީ ދީނީ ގޮތުން ވާޖިބުވާ ކަމެކެވެ. މުދަލު ޒަކާތް އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހުރުމުން ޒަކާތް ވާޖިބުވާ އެންމެ ދަށް މިންވަރެވެ. އެގޮތުން ފާއިތުވި އޮގަސްޓު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ 19,266.10 ރުފިޔާއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ރަސްމީކޮށް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާއިންނެވެ. އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި ކޮންމެ މީހަކުވެސް ދައްކަންޖެހޭ ޒަކާތުގެ މިންވަރު ހިސާބުކޮށްލުމުގެ ޚިދުމަތް މީރާގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
17432a44-be37-49a9-a956-aec0067255bd
ވޭތުވެދިޔަ 3 އަހަރު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް
aerial-view-of-beach-in-fuvahmulah-island-maldives
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ
download - 2026-09-16T175642
ބައިނަލްއަޤްވާމީ ޑިޖިޓަލް މިންގަނޑު، ޔުނިކޯޑުން ދިވެހި ރުފިޔާގެ ނިޝާނަށް ޖާގައެއް
download - 2026-09-16T235029
މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގެ ޗާޓަރުގައި ރާއްޖެއިން ސޮއިކޮށްފި
Ads by
މަގުބޫލު
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ
10287edc-d89f-4f87-97c7-574453b5525a
މަހެއްގެ ސިފަޔަށް ފަރުމާކުރި ޖާސޫސީ ރޮބޮޓެއް ޗައިނާއިން ދައްކާލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
IMG_20260914_235202_877
ފަލަސްޠީނުގައި ޓެސްޓުކުރި އިސްރާއީލުގެ ޖާސޫސީ ވަސީލަތްތައް ލެޓިން އެމެރިކާއަށް!
the-braille-printing-system-will-help-visually-impaired-to-create-braille-documents-independently-163837604-16x9_0
އަޑު ބްރޭލް އަކުރަށް ބަދަލުކުރާ ޕްރިންޓަރެއް އުފެއްދި އިންޑިއާގެ ދަރިވަރަކަށް ޖޭމްސް ޑައިސަން އެވޯޑް ލިބިއްޖެ