Thursday, 8 October 2026
Ads by

ރާއްޖޭގެ ހުރިހާ ރަށެއްގައި ޛިކުރާއި ނަޞޭޙަތުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ޛިކުރާއި ނަޞޭޙަތުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ރަށްރަށުގައި ނަސޭހަތުގެ ބޯޑުތައް ހަރުކުރަން ފެށުން--- ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ މައި މަގުތަކާއި އާންމުން އެއްވެއުޅޭ ސަރަޙައްދުތަކުގައި ޛިކުރާއި ހެޔޮ ނަޞޭޙަތް ހިމެނޭ ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

މި މަޝްރޫޢަކީ ދިވެހިންގެ ހިތްތަކުގައި އިސްލާމީ ރިވެތި އާދަތަކާއި ޛިކުރުކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމުގެ މާތް މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައިވާ ޚާއްޞަ އިސްނެންގެވުމެކެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް މި ޢިބުރަތްތެރި މެސެޖުތަކުން ޒީނަތްތެރިކޮށްލުމެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ކ. އަތޮޅުގެ ރަށްތަކުގައި ފަށާފައެވެ. އެގޮތުން މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ބޭނުންވާ ބޯޑުތައް މިހާރު ވަނީ ފޮނުވާ ނިމިފައެވެ. އަދި ވިދިގެން އަންނަ މަރުޙަލާތަކުގައި ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގެ ރަށްރަށަށް ވެސް މި ބޯޑުތައް ފޮނުވުމުގެ އިންތިޒާމުތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ދަޢުލަތުގެ ބަޖެޓުގެ އިތުރުން، ހެޔޮއެދޭ އާންމު ރައްޔިތުންނާއި މަދަނީ ޖަމުޢިއްޔާތަކުގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި މުޖުތަމަޢުގައި ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމުގެ މާތް ވާޖިބު ދިރުވައި، ދުވަހުން ދުވަހަށް ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު މާތްﷲ ގެ މަތިން ހަނދުމަކުރުމަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން އަންނަން އޮތް ޖީލުތަކަށް އިސްލާމީ ތަރުބިއްޔަތާއި އަޚްލާޤީ ރިވެތި ސިފަތައް އުނގަންނައިދިނުމަށް ބާރުއެޅުމަކީ ވެސް މި މަޝްރޫޢުގެ މަޤުސަދެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ