Tuesday, 17 November 2026
Ads by

2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ހަރަދުގެ ދަތިކަން ހައްލުވެގެންދާނެ: މިނިސްޓަރު ޝަހީމް

2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ހަރަދުގެ ދަތިކަން ހައްލުވެގެންދާނެ: މިނިސްޓަރު ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސަރުކާރުން މިހާރު ފަށައިގެން ކުރިއަށްގެންދާ ވަގްފް މަޝްރޫއުތަކާއެކު، ރާއްޖޭގެ އިސްލާމީ ދާއިރާއަށް ބޭނުންވާ ހަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ހައްލުވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި މަސައްކަތްތައް ދެމެހެއްޓެނިވި އަދި ހަރުދަނާ އުސޫލަކުން ހިންގުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ”މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް“ ގެ ނަމުގައި ސަރުކާރުގެ ހާއްސަ ކުންފުންޏެއް އުފައްދަވާފައެވެ. މިކަމާ ގުޅީގެން ވަޒީރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މިސްކިތްތައް ބެލެހެއްޓުމުގެ ނިޒާމު މުޅިން އެ ކުންފުނީގެ ދަށަކަށް ބަދަލެއް ނުކުރާނެއެވެ. ނަމަވެސް، ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އިސްލާމީ ޝަރީއާ ހުއްދަކުރާ ވިޔަފާރިތައް ހިންގައި، އާމްދަނީ އިތުރުކުރުމެވެ.

ރާއްޖޭގައި މިހާރު ވެސް 800 އަށްވުރެ ގިނަ މިސްކިތް ހުރިއިރު، އެ މިސްކިތްތައް އާބާތުރަ ފިލުވުމަށް ރަށްރަށުގެ އާބާދީގެ ނިސްބަތުން މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަގުފްގެ ދާއިރާއަކީ ޒަމާނީ ފެންވަރަކަށް ބަދަލުކޮށް ތަރައްގީކުރަންޖެހިފައިވާ ދާއިރާއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އަޅަމުންދާ މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ވަގްފް އިމާރާތްތައް ގާއިމުކުރެވޭ ރަށްރަށުގެ އިތުރުން މުޅި އަތޮޅުގެ އާބާދީއަށް އޭގެ އިގުތިސާދީ އަދި އިޖުތިމާއީ ފައިދާކުރާނެ ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް ވަގްފްގެ މުހިންމުހަ މަޝްރޫއެއް އަންނަނީ ބާރަށް ކުރިއަށްދަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ގއ. ވިލިނގިލީގައި ކުރިއަށްދާ 10 މިލިއަން ރުފިޔާގެ މަޝްރޫއު
  • ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ 10 މިލިއަން ރުފިޔާގެ މަޝްރޫއު
  • ތިނަދޫ ސިޓީގައި ކުރިއަށްދާ 10 މިލިއަން ރުފިޔާގެ މަޝްރޫއު
  • އައްޑޫ ސިޓީގައި ހިންގާ 20 މިލިއަން ރުފިޔާގެ މަޝްރޫއު
  • މާލެ ސިޓީގައި ކުރިއަށްދާ 40 މިލިއަން ރުފިޔާގެ މަޝްރޫއު
  • ހުޅުމާލޭގައި ފަށާފައިވާ ބިޔަ 250 މިލިއަން ރުފިޔާގެ ވަގްފް މަޝްރޫއު

މި ތަންތަން ތަރައްގީކޮށް ލިބޭ އާމްދަނީ ސީދާ ހަރަދުކުރެވޭނީ މިސްކިތްތައް ޒަމާނީ ފެންވަރަށް މަރާމާތުކުރުމަށާއި، ދީނީ ދައުވަތާއި އިސްލާމީ އެކި ދާއިރާތަކުގެ ހިދުމަތްތައް ފުޅާކުރުމަށެވެ.

”މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތަކީ ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ވާނެ ކަމެއް ނޫން. އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ އާމްދަނީގެ ވަސީލަތްތައް ހޯދަން އެބަޖެހޭ. އިސްލާމީ ޙަޟާރަތުގެ ބިނާތައް ހިމާޔަތްކުރަން އެބަޖެހޭ. އިސްލާމީ މަރުކަޒުތަކުގައި ފިހާރައާއި ބުކްޝޮޕް ފަދަ ވިޔަފާރިތައް ހިންގުމަކީ އިސްލާމީ ދުނިޔޭގައި އޮންނަ ރީތި ސަގާފަތެއް. ރާއްޖެއަށް ވެސް މިކަން ތައާރަފުވާންޖެހޭ،“ – ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ މި އާ ބާބާއެކު އިސްލާމީ ކަންކަމަށް ދިމާވެފައިވާ މާލީ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރާއްޖޭގެ ދީނީ ދާއިރާއަށް އިންގިލާބީ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ކުންފުނީގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ ތަންތަނުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމުގެ އިތުރުން، އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ދެމެހެއްޓެނިވި ވިޔަފާރީގެ ޒަރީއާއިން އިސްލާމީ ދާއިރާއަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދައިދިނުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި