Saturday, 24 October 2026
Ads by

”ރައްޔިތުންގެ އަޑު“ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 6 ދާއިރާއެއްގެ ރައްޔިތުންނަށް!

”ރައްޔިތުންގެ އަޑު“ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 6 ދާއިރާއެއްގެ ރައްޔިތުންނަށް!

ރައްޔިތުންގެ އަޑު ސިލްސިލާގެ ޕްރޮގްރާމެއްގެ ތެރެއިން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ސީދާ ބައްދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، އިތުރު ހަ ދާއިރާއެއްގެ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ad Image
Ads by

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ސިލްސިލާގެ ދަށުން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ؛ ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 22 ވާ އަންގާރަ ދުވަހުގެ ރޭ 00:00 އެވެ. މީގެއިތުރުން މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ކަންކަމާއި، ނިސްބަތްވާ މުއައްސަސާތަކާ ގުޅޭ ވާހަކަތަކުގެ އިތުރުން މުޅި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރާނެ ތާރީޚާއި ވަގުތު، ހުށަހަޅާފައިވާ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް އެ ފަރާތްތަކަށް އަންގާނެއެވެ.

މި އުސޫލުގެ ދަށުން ބައްދަލުވުމަށް ހާޒިރުވާ ކޮންމެ ފަރާތަކަށް ވެސް، އެ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރިފުޅު، އަދި މަންމަ ނުވަތަ ބައްޕަ ބައިވެރިކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ވާހަކަދެއްކުމަށް 10 މިނެޓުގެ ވަގުތެއް ލިބޭއިރު، ބައްދަލުވުމުގެ ބައިވެރިން އަދަބުވެރިކަމާއެކު އަމަލުތައް ބެހެއްޓުމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

”ރައްޔިތުންގެ އަޑު“ ސިލްސިލާގެ ފަސް ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިވާއިރު، ވަކިވަކި ދާއިރާތަކަށް ހާއްސަކޮށްގެން މީގެ ކުރިން ކުރިއަށްގެންދިޔަ ދެ ބައްދަލުވުމުގައި ޖުމްލަ 16 ދާއިރާއެއްގެ ރައްޔިތުންނަށް ވަނީ މި ފުރުސަތު ފަހިކޮށްދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި