ޖަމްޢިއްޔަތުއްސަލަފުން ބާއްވާ ދުޢާތުންގެ މަޖިލީހާ ގުޅުވައިގެން އޮންލައިން ނޫސް ”އަދަދު“ އިން އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ޚަބަރެއް ފަތުރައިފިއެވެ.
އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަލަފު ޖަމިއްޔާގެ ދުޢާތުންގެ މަޖިލިސް ބޭއްވުމަށްޓަކައި، މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިޔުމަށް ޚާއްޞަކޮށްފައިވާ ކުޑަގިރި ދޫކޮށްފައިވަނީ އާންމުން އެ ރަށަށް ދިޔުމަށް ހަދާފައިވާ ބުކިންތައް ކެންސަލް ކުރުމަށްފަހުގައެވެ. ސްކޫލް ބަންދާއި ސަރުކާރު ބަންދު ދުވަސްތަކާ ދިމާކޮށް ގިނަ ބަޔަކު ކުޑަގިރިއަށް ދިޔުމަށް ބުކިން ހައްދާފައި ވަނިކޮށް، އެ ބުކިންތައް ކެންސަލްކޮށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުޅި ކުޑަގިރި ސަލަފް ޖަމިއްޔާއަށް ދޫކޮށްފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިފްތިތާޙު ކޮށްދެއްވި މި މަޖިލީހުގައި 50 އަށްވުރެ ގިނަ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، މި ބައްދަލުވުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، އަދަދު ނޫހުގެ މި ޚަބަރަކީ ކަނޑައެޅިގެން ދޮގެކެވެ. ސަލަފް ޖަމިއްޔާގެ މި އިވެންޓް ކުރިއަށްދަނީ ހުޅުމާލޭގައި ހުންނަ މެންހަޓަން ބިޒްނަސް ހޮޓެލްގައެވެ.
އަދަދު ނޫހުން ފެތުރި މި ދޮގު ޚަބަރާ ގުޅިގެން ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ މުޙައްމަދު ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޝައިޚް ޢަބްދުﷲ ވިދާޅުވީ ”ޢަދަދު“ ނޫހުގައި ލިޔެފައިވަނީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ޚަބަރު ފެތުރުމުގައި ތެދު މަޢުލޫމާތާއި ރައްޔިތުންނަށް ފައިދާހުރި ޚަބަރު ފެތުރުމަށް ނޫސްވެރިންނަށް ނަޞޭޙަތްތެރިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"ޢަދަދު" ނޫހުގައި މިވަނީ ޙަޤީޤަތެއް ނޫން!!
ޚަބަރު ފެތުރުމުގައި ތެދުޚަބަރާ، ރައްޔިތުންނަށް ފައިދާހުރި ޚަބަރު ފެތުރުމަށް ނޫސްވެރިންނަށް ނަޞޭޙަތްތެރިވަން.. މީސްތަކުންގެ ތެރޭގައި ފިތުނަވެރިކަން ފަތުރާމީހުން އުޅޭ ފަދައިން މީޑިއާގައި ވެސް އެފަދަ ފަރާތްތައް ތިބޭނެތެވެ. https://t.co/h7JOK7XDLX— Abdullah bin janaab (@binjanaab) September 12, 2026
މީގެއިތުރުން، މީސްތަކުންގެ މެދުގައި ފިތުނަވެރިކަން ފަތުރާ މީހުން މުޖުތަމަޢުގައި އުޅޭ ފަދައިން މީޑިއާގެ ތެރޭގައި ވެސް އެފަދަ ފަރާތްތައް ތިބޭނެ ކަމަށް ވިދާޅުވެ، ޝައިޚް ޢަބްދުﷲ ވަނީ އެފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ކުށްވެރިކުރައްވާފައެވެ.














ހެހެހެހެހެ