Sunday, 27 September 2026
Ads by

ފަލާޙުގެ ވަރުގަދަ ރައްދެއް ޔާމީނަށް: ކޮރަޕްޝަންގެ ރެކޯޑު ހެދި ބޭފުޅަކަށް ”ހުދުކާފޫރަށް“ ނުވެވޭނެ!

ފަލާޙުގެ ވަރުގަދަ ރައްދެއް ޔާމީނަށް: ކޮރަޕްޝަންގެ ރެކޯޑު ހެދި ބޭފުޅަކަށް ”ހުދުކާފޫރަށް“ ނުވެވޭނެ!

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގެވި ކޮރަޕްޝަނާއި ހިންގެވި ޚުދުމުޚުތާރު އަމަލުތައް ހަނދާންކޮށްދެއްވައި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާޙު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

ފަލާޙު މިފަދައިން ރައްދު ދެއްވީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ”ފެހި ސިގްނަލް“ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުން ނިކަމެތި ހާލުގައި ތިއްބާ ސަރުކާރަށް ސަނާކިޔާ ވަކި ބަޔަކު މުއްސަނދިވަމުންދާ ކަމަށާއި، ސަރުކާރުގެ ކޮރަޕްޝަންގެ ސަބަބުން ރައްޔިތުން ރުޅިއަންނަ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.

މެންބަރު ފަލާޙު ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންސާނާގެ ލަދުހަޔާތް ނެތިއްޖެނަމަ ކޮންމެފަދަ ވާހަކައެއް ވެސް ދައްކަފާނެ ކަމަށެވެ. އަދި ކޮރަޕްޝަން ހިންގުމުގައި ދުނިޔޭގެ ފެންވަރުގެ ރެކޯޑު ރާއްޖޭގައި ހެދީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގެވި ވެރިކަމުގައި ކަމަށާއި، އޭރުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ ”ކޯމާއެއްގައި“ ބާއްވާފައިކަން މި ޤައުމުގައި ނުދަންނަ މީހަކު ނޫޅޭނެ ކަމަށް ވިދާޅުވެ ފަލާޙު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔާމީންގެ ޒާތީ މުއްސަނދިކަމަށް އިޝާރާތް ކުރައްވަމުން ފަލާޙު ވިދާޅުވީ، ގ. ދޫވެހި ނަމުގައި އެޅި ގަނޑުވަރާއި، މިހާރު ހަމަ އެ ނަމުގައި ހެންވޭރު ކޮޅުގައި އަޅުއްވަމުން ގެންދަވާ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮން ތަނެއް ”ދަވާލައިގެން“ އެޅި ތަންތަންތޯ ސުވާލުކުރާ މީހުން މަދު ނޫން ކަމަށެވެ. އަދި ސިންގަޕޫރާއި ދުބާއީގެ ފިކްސްޑް ޑިޕޮޒިޓް އަދި އިންވެސްޓްމަންޓް އެކައުންޓްތަކުގައި ހުރި ޑޮލަރުތަކުގެ މަތިން ހަމަގައިމުވެސް އެމްޑީޕީގެ މީހުން ހަނދާން ނުނެތޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައްޔިތުން ކަންބޮޑުވެ ފިތިބާރުވެ، ރުޅިގަދަވެގެން ޔާމީން ވެރިކަމުން ބޭލި ހަނދާން ނެތުނީތޯ ސުވާލު އުފައްދަވަމުން، އެމަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަން ފަލާޙު ވަނީ ހަނދާންކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސުޕްރީމް ކޯޓުގެ ބެންޗު ބޭނުން ގޮތަކަށް ބަދަލުކުރުން.
  • ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން، އެ ކޯޓުގެ ފަނޑިޔާރުންނާއި އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް ޖަލަށްލުން.
  • ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު ފާސްކޮށް، މިނިވަން މުއައްސަސާތައް ޕެރަލައިޒް ކޮށްލުން.
  • އޭރު ޤައުމުގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުކުރުން.
  • ވެރިކަމުގައި ހުންނަވައިގެން ނައިބު ރައީސުންނާއި އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރުމެވެ.

ފަލާޙުގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވީ، މި ވާހަކަތައް ދައްކާނެ މީހަކު މިއަދު ނެތް ކަމަށް ހީކުރައްވައި ރައީސް ޔާމީން ”ހުދުކާފޫރަށް“ ބަދަލުވެއްޖެ ކަމަށެވެ. އަދި އަމިއްލަ އަމިއްލައަށް ތިމަންނައަކީ ”ރައީސް ޔާމީން“ އޭ ނިދީގައި ވެސް ވިދާޅުވަމުން ގެންދަވަނީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވެ ފަލާޙު ވަނީ ޔާމީނަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަފު
އަފު
14 ދުވަސް ކުރިން

ޒާތީ މުއްސަނދިކަމެއްނޫން ދެލޯފިޅާ އެއްވެސް ވެރިޔަކަޢް ރިޔާސީ ދައުރުގަ ގަނޑުވަރެއް ބިނާކުރެވުނުތަ ޔާމީނަޢް ނޫނީ ކޮންތާމުންތޯ?ލަަރި ހޮވަި ހައިމު ރައީސްމީހާއަޢް މަހަކު ލިބޭ ލައްކައެއްހާ ރުފިޔާ އާމީން އެކަމެއްނުވާނެ ނާއިލްވެސް ސިނކުނޑި ބަހައްޓައިހެން ލިޔެލަބަލަ

Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި