Tuesday, 17 November 2026
Ads by

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

Ad Image
Ads by

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅު އޮންނާނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 14 އިން 15 އަށެވެ. މި ދަޢުވަތަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނަށް އެރުވި ދަޢުވަތެކެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ފުރަމާނަ ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ވެސް ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ މިހާރު 58 އަހަރު ފުރިފައިވާއިރު، މިއީ ދެ ޤައުމުގެ ސަރުކާރާއި ދޭދޭ ރައްޔިތުންގެ މެދުގައި ވަރަށް ބަދަހި އަދި އެކުވެރި ގުޅުމެއް އޮތް ދެ ޤައުމެވެ. އަދި މަތީ ފަންތީގެ ބައްދަލުވުންތަކާއި ތަރައްޤީގެ އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަން އަބަދުވެސް އަންނަނީ ފާހަގަކުރެވެމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި