Saturday, 17 October 2026
Ads by

ބްރިޖު ތަނބަށް ބޯޓެއް އުރި ލިބުނު ގެއްލުން ބަލަނީ

ބްރިޖު ތަނބަށް ބޯޓެއް އުރި ލިބުނު ގެއްލުން ބަލަނީ

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖުގެ ތަނބެއްގައި އޮޔާދިޔަ ދެ ބޯޓު ޖެހި ހިނގި ހާދިސާއާ ގުޅިގެން، ބްރިޖަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ޚާއްޞަ އިންސްޕެކްޝަނެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބްރިޖުގައި ޖެހުނު ދެ ބޯޓަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައި އޮތް ތެޔޮ އުފުލާ ޒާތުގެ ދެ ދަގަނޑު ބޯޓެވެ. މި ދެ އުޅަނދު އޮޔާދިޔައީ މޫސުން ގޯސްވެ، އަޅާފައި އޮތް ނަގިލި ކަހާލުމުގެ ސަބަބުންނެވެ. އެގޮތުން މާލޭގެ އިރުމަތީ ފަރާތުން އޮޔާދިޔަ މި ދެ ބޯޓު ގޮސް ޖެހިފައިވަނީ ސިނަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައެވެ.

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ދަޢުލަތުގެ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ރެއިން ފެށިގެން އެ ސަރަޙައްދު ބަލައި، އިންސްޕެކްޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ހަދަންޖެހޭ ޓެކްނިކަލް އެސެސްމަންޓްތައް ނިމުމުން، ލިބުނު ގެއްލުމުގެ ތަފްޞީލީ މަޢުލޫމާތު ޢާންމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި އިންސްޕެކްޝަން މަސައްކަތް ކުރިއަށްގެންދަނީ ސިނަމާލެ ބްރިޖު އެޅި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގ ކުންފުނީގެ ފަންނީ މާހިރުންގެ އެހީތެރިކަމާއެކުގައެވެ. ބްރިޖުގެ މަސައްކަތް ނިމުމަށްފަހުވެސް، އޭގެ ބެލެހެއްޓުމާއި މެއިންޓަނަންސްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ކުންފުނީގެ އެހީތެރިކަމާއެކުގައެވެ.

މުޅި ޖުމްލަ 200 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރި ސިނަމާލެ ބްރިޖަކީ 1.4 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. މޫދުގައި 7 މައި ތަނބު ޖަހައިގެން ހަދާފައިވާ މި ބްރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި