Friday, 25 September 2026
Ads by

ޑްރަގްގެ އަމަލުތައް ހިންގަން ބޭނުންކުރި ގެއެއްގެ ވެރިފަރާތް ފުރަތަމަ ފަހަަރަށް ޖަލަށް 

ޑްރަގްގެ އަމަލުތައް ހިންގަން ބޭނުންކުރި ގެއެއްގެ ވެރިފަރާތް ފުރަތަމަ ފަހަަރަށް ޖަލަށް 

މަސްތުވާތަކެތީގެ އަމަލުތައް ހިންގަން ތަން ދޫކުރި މީހަކު ފުރަތަމަ ފަހަރަށް ޖަލަށްލައިފިމަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމުގެ އަމަލުތައް ހިންގުމަށް ތަނެއް ދޫކޮށްފައިވާ މައްސަލައެއްގައި، އެ ތަނުގެ ވެރިފަރާތުގެ މައްޗަށް ކުށް ސާބިތުވެ ދިހަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Ad Image
Ads by

މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ގަލޮޅު ޕެލިކަން ގޭގައި ކުއްޔަށް ދީފައި ހުރި ތަނެއްގައި މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން އެ ގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް ނާޒިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމަށް ނުވަތަ ޕެޑްލް ކުރުމަށް ނުވަތަ ބޭނުން ކުރުމަށް ނުވަތަ އުފެއްދުމަށް އެއިން ކަމެއް ކުރާކަން ގަބޫލުކުރެވޭ ހާލަތުގައި، އެ ތަނެއްގެ ވެރިފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަ ކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ އިއްޔެ އެވެ. ކޯޓުން މައްސަލަ ބެލުމަށްފަހު ފާހަގަކޮށްފައިވާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން އެ ތަނުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އަދި އެކި ފަހަރުމަތިން އެ ތަން ފާސްކޮށް، އެކަން ހުއްޓުވުމަށް ފުލުހުން ވަނީ އެ މީހާއަށް އަންގާފަ އެވެ.

އެ ތަން އެހެން ފަރާތްތަކަށް ކުއްޔަށް ދީފައިވީ ނަމަވެސް، އެ ތަނުގައި ކުށުގެ އަމަލުތައް ހިންގާކަން ފުލުހުން ތަކުރާރުކޮށް އެންގުމުންވެސް ކުލީގެ އެއްބަސްވުން އޭނާ ބާތިލުކޮށްފައި ނުވާކަން ހެކިތަކުން އެނގޭ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. އެގޮތަށް އަމަލުކުރުމުގެ ސަބަބުން އެ ތަނުގައި މަސްތުވާތަކެތީގެ ވިޔަފާރި އަދ މަނާ އަމަލުތައް ހިންގުމަށް އޭނާ ފުރުސަތު ދީފައިވާ ކަމަށް ބަލަންޖެހޭ ކަމަށް ކޯޓުން ނިންމާފައިވެ އެވެ.

މި މައްސަލައިގައި ކުށް ސާބިތުވުމާ ގުޅިގެން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އިބްރާހިމް ނާޒިމް ދިހަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މަސްތުވާތަކެތީގެ އަމަލުތައް ހިންގުމަށް ތަންތަން ދޫކުރާ ފަރާތްތަކުގެ މައްޗަށް މިފަދަ ހުކުމެއް އައިސްފައިވާ މީ ފުރަތަމަ ފަހަރެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260924_233339
ޒެލެންސްކީ އދ. ގައި ތަޤުރީރުކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ރަޝިޔާއިން ކީވްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
big_nwwN1oLyFmbtXunsQ5NTGhqXJ
ގުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން ދަނީ އުންމީދީ ދުވަސްތަކެއް: ޝަހީމް
Quran mubaaraaiy38
ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދައި ރައީސްގެ އިނާމް އިޒުއާން، އާޔަން އަދި ޒީކް ހޯދައިފި
download - 2026-09-24T195609
ޗައިނާ-ރާއްޖެ އެއްބަސްވުންތަކުގެ ޙަޤީޤީ ފައިދާ ފެންނަނީ ރައްޔިތުންގެ ދިރިއުޅުމުން: ރައީސް
Ads by
މަގުބޫލު
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Nasheed 5652
ދަރަނި އަދާކުރުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން ޒަމްޒަމް ފާރިޝް ރައްދު ދެއްވައިފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260918_171259
މުޙައްމަދު ޢަލީ އިސްލާމްދީން ޤަބޫލުކުރުމުން، ޢާއިލާއިން އޭނާއަށް ބިރުދައްކައި ބަންދުކުރި މައްސަލައިގާ ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކޮށްފި
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ