Wednesday, 9 September 2026
Ads by

އެފްޑީސީ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރަނީ

އެފްޑީސީ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރަނީ

އަމާން އުދަރެސް / ދޯދި ފުލެޓްތައް---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ ”އަމާން އުދަރެސް“ އަދި ”އަމާން ދޯދި“ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެޕާޓްމެންޓްތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.

Ad Image
Ads by

އެފްޑީސީން މައުލޫމާތު ދިން ގޮތުގައި، މިއީ އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ، ހާއްސަކޮށް ކުޑަކުދިންގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިސްނަގައިގެން ފެށި މުހިއްމު މަސައްކަތެކެވެ. މިގޮތުން ކުޑަދޮރުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ބޭނުންވާ ފަންނީ އަދި އަމަލީ އެހީތެރިކަން އެ ކޯޕަރޭޝަނުން މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.

މި ބަދަލާއެކު، ކުރިން ފަސް އިންޗިއަށް ހުޅުވޭ ގޮތަށް ހުރި ކުޑަދޮރުތަކުގައި ސްޓޮޕާ ހަރުކޮށް، ދޮރު ހުޅުވޭ މިންވަރު ހަތަރު އިންޗިއަށް ކުޑަކުރެވިގެންދާނެއެވެ. ދޮރު ހުޅުވޭ މިންވަރަށް މި ބަދަލު ގެނައި ނަމަވެސް، އެޕާޓްމެންޓްތަކަށް އެކަށީގެންވާ ވަރަށް ވައި ދައުރުވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

ހުޅުމާލޭގެ ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އެޗްޑީސީން ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، އެފްޑީސީން ގެނައި މި ބަދަލަކީ އުސް އިމާރާތްތަކުގައި ދިރިއުޅޭ އާއިލާތަކުގެ ރައްކާތެރިކަމަށް ލިބިގެންދިޔަ އިތުރު ހިތްހަމަޖެހުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
flat
އެފްޑީސީ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރަނީ
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި