ހޮރްމޫޒް ކަނޑުއޮޅިއަށް ވަދެވެން އޮންނަ ސަރަޙައްދުން އެމެރިކާގެ ޒަމާނީ ޕައިލެޓެއް ނުލާ ދުއްވާ ޑްރޯން އުޅަނދެއް ފަޖުރުލުމުގެ ކުރީން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އީރާނުގެ އައި.އާރު.ޖީ.ސީ އިން އަތުލައިގަނެފިކަމަށް އެ ޤައުމުގެ ދަޢުލަތުގެ މީޑިއާއިން ބުނެފިއެވެ.
🚨BREAKING
Iranian Navy: One of the US military's most advanced unmanned underwater vehicles was seized by Iranian armed forces at the entrance to the Strait of Hormuz during a complex intelligence and field operation and brought into Iran. pic.twitter.com/zCl6a1ph0g— IRIB (Islamic Republic of Iran Broadcasting) (@iribnews_irib) September 8, 2026
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނިގޮތުގައި، މިއީ އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ އެންމެ ޒަމާނީ އެއް ޓެކްނޮލޮޖީއެވެ. އަދި ޖާސޫސުކުރުމާއި، ކަނޑުގެ އަޑި ބެލުމާއި، އަދި މައިން ދެނެގަތުމަށް ބޭނުންކުރާ މި އުޅަނދު އަތުލައިގަނެފައިވަނީ ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.













