Wednesday, 9 September 2026
Ads by

ލ. ގަމުގައި އަޅާ 100 ހައުސިންގ ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ

ލ. ގަމުގައި އަޅާ 100 ހައުސިންގ ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ

ލ. ގަމުގައި އަޅާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ ތެރެއިން.. ފޮޓޯ| ހައުސިންގ މިނިސްޓްރީ

ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ 95.5 އިންސައްތަ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.

Ad Image
Ads by

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ދަޢުލަތުގެ ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) ބަޖެޓުން ޚަރަދުކޮށްގެން ގަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ޔުނިޓުތަކެއްގެ މައިގަނޑު އޮނިގަނޑު އެއްކޮށް ނިމި، މިހާރު ކުރިއަށްދަނީ އިމާރާތްތަކުގައި ކުލަލުމާއި، ޓައިލްސް ޖެހުން ފަދަ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން ގަމުގައި އިމާރާތްކޮށްފައިވަނީ 1،000 އަކަފޫޓުގެ، 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެކެވެ. ރައްޔިތުންނަށް ދިރިއުޅެން ފަސޭހަވާނެހެން ފަރުމާކޮށްފައިވާ މި ޔުނިޓްތަކުގެ ކޮންމެ ކޮޓަރިއަކަށް ވަކި ފާޚާނާއެއް ހުންނާނެއެވެ. މީގެއިތުރުން ފުޅާ ސިޓިންރޫމަކާއި، ބަދިގެއާއި، ކާގެއާއި، ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއް ވެސް ކޮންމެ އެޕާޓްމަންޓެއްގައި ހިމެނެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ 100 ހައުސިންގ ޔުނިޓު ޚާއްޞަކުރާނީ އެ ރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ކަމަށެވެ. އަދި ރަށުން ބޭރު މީހުން ބަދަލުކުރުމަށް އެއިން އެއްވެސް ޔުނިޓެއް ދޫނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ގަމުގެ ބޯހިޔާވަހިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު 100 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެހެން ފަރާތަކާ ހަވާލުކޮށްގެން އިތުރު 100 ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، މިގޮތުން އެކި މަރުޙަލާތަކަކަށް ބަހާލައިގެން ޖުމްލަ 500 ހައުސިންގ ޔުނިޓު ގަމުގައި ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު