Thursday, 8 October 2026
Ads by

އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު

އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު

އެކިގްރެފިކްސް

އޮންލައިން ނޫސް ”އަދަދު“ ގެ ނޫސްވެރިން މަސްތުވާތަކެތި ބޭނުންކުރާ ޕާޓީތަކަށް ދިޔުމަކީ އެމީހުންގެ އަމިއްލަ ކަމެއް ކަމަށް އެ ނޫހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހުސެއިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފިޔާޒު މިހެން ވިދާޅުވީ، ދާދިފަހުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި އަދަދު ނޫހުގެ ޕްރެޒެންޓަރަކު ހިމެނޭ ކަމަށް ”އެކިއެމްވީ“ އިން ރިޕޯޓުކުރި ޚަބަރަކާ ގުޅިގެންނެވެ.

މި ޚަބަރާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ފިޔާޒު އެކިއެމްވީގެ ނަންބަރަށް ފޮނުވި މެސެޖުތަކެއްގައި ވަނީ، އެ ނޫހުގައި މަސައްކަތްކުރާ ނޫސްވެރިން ކުރާ ހުރިހާ ކަމެއްގެ ޒިންމާ ނޫހުން ނަގަން ނުޖެހޭނެ ކަމަށް ބުނެފައެވެ. އަދި ހައްޔަރުކުރި މީހާއަކީ ކުރިން އެ ނޫހުގައި އުޅުނު މީހެއް ކަމަށާއި، އޭނާ ވަކިވެފައިވާކަން ފޭސްބުކުން ފެންނަން ހުންނާނެ ކަމަށް ބުނެ ޚަބަރު ދޮގުކުރަން ފިޔާޒު މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް މީގެ ފަސް ދުވަސް ކުރިން މި ޚަބަރު އެކިއެމްވީގައި ޝާއިއުކުރީ ހައްޔަރުކުރި ފަރާތުގެ ސޯޝަލް މީޑިއާ ޕްރޮފައިލްތަކަށާއި، އަދަދު ނޫހުގައި ޝާއިއުކޮށްފައިވާ ކޮންޓެންޓްތަކަށް ބެލުމަށްފަހުގައެވެ. އޭނާގެ ޕްރޮފައިލްގައިވެސް އޭނާ އަދަދު ނޫހުުން ވަކިވިކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން އަދަދު ނޫހުގެ ފިރިހެން ނޫސްވެރިއެއްވެސް  މީގެކުރީގައި މަސްތުވާތަކެތީގެ ކުށުގައި ހައްޔަރުކޮށްފައިވެއެވެ. އަދި މީގެކުރިން ފުލުހުން ބުނި ގޮތުގައި އެ ނޫސްވެރިޔާ އަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގެ ރެކޯޑްވެސް އޮތް މީހެކެވެ.

އަދަދު ނޫހުގެ ދެ ނޫސްވެރިއަކު މިހާރުވެސް މަސްތުވާތަކެތި ބޭނުންކުރާ ޕާޓީތަކަށް ދާ ކަމަށް މަޢުލޫމާތު ލިބޭކަމަށާއި، އެކަމުގެ ސަބަބުން ދެރަގޮތެއް ވެދާނެ ކަމަށް ބުނެ ފިޔާޒުއަށް ހެޔޮއެދޭ ފަރާތަކުން މެސެޖު ކުރުމުން ފިޔާޒު ވަނީ ”އެއީ އެމީހެއްގެ އަމިއްލަ ކަމެއް“ ކަމަށް ބުނެ ޖަވާބު ދީފައެވެ. އަދި އޭގެ އިތުރުން ”މި ރާއްޖޭގެ ގިނަ ބަޔަކު މަސްތުގައި“ އުޅޭ ކަމަށް ވެސް އޭނާ ވަނީ މެސެޖުގައި ފާހަގަކޮށްފައެވެ.

މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުވުމުގައި މީޑިއާތަކުގެ ދައުރު ބޮޑުއިރު، ނޫސްވެރިންގެ ފަރާތުން ފެންނަ މިފަދަ ނޭދެވޭ އަމަލުތަކަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ