އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ، ހަނދަކީ އެމެރިކާގެ ތަނެއްކަމަށް ބުނެ، ހަނދުގައި އެމެރިކާގެ ދިދަ ޖަހާފައިވާ ފޮޓޯއެއް ”ދަ މޫން އިޒް އަވާސް“ (ހަނދަކީ އަހަރެމެންގެ ތަނެއް) ގެ ނަމުގައި ސޯޝަލް މީޑިއާގައި ޙިއްޞާކޮށްފައެވެ. ނަމަވެސް، 1967 ވަނަ އަހަރުގެ ’އައުޓަރ ސްޕޭސް ޓްރީޓީ‘ ގެ ދަށުން އެއްވެސް ޤައުމަކަށް ހަނދު މިލްކެއް ނުކުރެވޭނެއެވެ.
މީގެ އިތުރުން ޓްރަމްޕު ވަނީ އެމެރިކާގެ ”ސްޕޭސް ފޯސް“ ގެ އައު ޔުނީފޯމްތަކެއްގެ ފޮޓޯއެއްވެސް އާންމުކޮށްފައެވެ. އަދި ނިއު މެކްސިކޯ ސްޓޭޓްގެ ނަން ”ނިއު އެމެރިކާ“ އަށް ބަދަލުކުރުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ. މީގެ ކުރިން އޭނާ ވަނީ ގަލްފް އޮފް މެކްސިކޯ އާއި ލޭކް އޮންޓާރިއޯގެ ނަންވެސް އެމެރިކާއާ ގުޅުވައިގެން ބަދަލުކުރުމަށް މަސައްކަތްކޮށްފައެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޤައުމުގެ އެތެރޭގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރާ ކަންތައްތަކެކެވެ.













