Thursday, 8 October 2026
Ads by

ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި

ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި

ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ ތަހުގީގަށް ފިލައިފިއެވެ.

Ad Image
Ads by

ރޭ ޕީއެންއެފުން ބޭއްވި ފްރަންޓު ޖަލްސާގައި ރައީސް ޔާމީން ވަނީ ތިން މިނިސްޓްރީގައި ރޯކޮށްލީކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެކަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށްވެސް އެނގިވަޑައިގަންނަވާ މީހެއްކަމުގެ ތުހުމަތު ކުރެއްވިއެވެ. އަދި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ތުހުމަތުތައް ރައީސް މުއިއްޒު މިއަދު ދޮގުކުރައްވައި ވިދާޅުވީ ރައީސް ޔާމީން ފަދަ ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އެފަދަ ތުހުމަތެއް ކުރެއްވުމުން ހިތާމަކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަތައް ތަހުގީގުކުރަން ހޯމް މިނިސްޓަރު އަލީ އިހްސާންވެސް ވަނީ ފުލުހުންނަށް އަންގައިފައެވެ.

ރައީސް ޔާމީން ކުރެއްވި ތުހުމަތުތައް ރައީސް މުއިއްޒު ދޮގުކުރެއްވިއިރު ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ހަމްޒާ ލަތީފު ސޮއިކުރައްވައި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ ފުލުހުން ރައީސް ޔާމީނާ މިއަދުގެ އެކި ވަގުތުތަކުގައި ޗިޓެއް ހަވާލުކުރަން މަސައްކަތް ކުރި ކަމަށެވެ

އެ ޗިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުލުހުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީނަކީ ގްރީން ބިލްޑިން ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް މައުލޫމާތު ދެވިދާނެ ބޭފުޅެއް ކަމަށާއި ނަމަވެސް ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއާ ބެހޭ ގޮތުން އާންމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތެއް ފިޔަވައި އެެއްވެސް އިތުރު މައުލޫމާތެެއް ރައީސް ޔާމީނަށް ލިބިވަޑައިގެންފައި ނެތް ކަމަށް ހަމްޒާގެ ސިޓީގައި ވިދާޅުވިއެވެ.

”އާންމު މަހައްލެއްގައިވެސް އަޅުގަނޑުގެ މުވައްކިލު ވިދާޅުވެފައިވާނީ އެ މައްސަލައަކީ ފުލުހުން ތަހުގީގުކުރައްވާފައިވާ މައްސަލައެއްކަމަށްވާތީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން އެނގިވަޑައިގަންނަވާނީ ދިވެހި ފުލުހުންނަށް ކަމަށެވެ“ ހަމްޒާގެ ސިޓީގައިވެއެވެ.

ހަމްޒާ ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބޭނެ މައުލޫމާތެއް ދެވެން ނެތް ހާލަތުގައި ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަކީ ބޭނުންތެރިކަމެއް ކަމުގައި ފުލުހުންވެސް ގަބޫލުފުޅު ނުކުރައްވާނެކަން ޔަގީންކުރައްވާ ކަމަށެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ްމުހައްމަދު އިބްރާހިމް ދީދީ
ްމުހައްމަދު އިބްރާހިމް ދީދީ
1 މަސް ކުރިން

ރައީސް ޔާމީނަކީ ދެއުޅިއެއްނުވާޒާތުގެ ވާހަކަދައްކަވާބޭފުޅެއް އެއީ މިހާރަކައް އައިސް ދެވަނަ ނަޝީދު ދައްކަވާވާހަކަ ދިމާނުވާނެ އެއީ ނަޝީދާގުޅުނުފަހުން ރައީސް ޔާމީނު ގަބޫލުކުރައްވާނެ މީތެދެއްކަން

Ads by
ފަހުގެ ޚަބަރު
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Yamin 565
ޔާމީން ވެރިކަމަށް ކުރިމަތިލިޔަނުދޭން ސަރުކާރުން އުޅޭކަމަށް ތުހުމަތުކޮށްފި
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ