Monday, 7 September 2026
Ads by

ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް، އާރުޑީސީ އާއި އެމްޓީސީސީއާ އެއްކޮށްލަނީ

ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް، އާރުޑީސީ އާއި އެމްޓީސީސީއާ އެއްކޮށްލަނީ

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނިތަކުގެ މަސައްކަތްތައް އެހެން ކުންފުނިތަކަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ އުވާލައި އެ ކުންފުނިން ދެމުންދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި އާރުޑީސީ އުވާލުމަށްފަހު އެ ކުންފުނިން ކުރަމުންދިޔަ މަގު ހެދުމުގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

”އެހެންވީމަ ސަރުކާރުން މިކަމާ މެދު ވަރަށް ފުންކޮށް ވިސްނައި މަޝްވަރާކުރުމަށް ފަހު ނިންމާފައި މިވަނީ ފެނަކަ އުވާލުމަށް ފަހު ސްޓެލްކޯއާ އެއްކޮށްލަން. އެހެންވީމަ މުޅި ރާއްޖޭގައި ހިދުމަތް ދޭނީ ސްޓެލްކޯ އިން މި ޕްރޮސެސް ނިމުނީމަ.“  ރައީސް

ކުރީގެ ސަރުކާރުތަކުން ކުންފުނިތަކަށް ބޭނުންވާވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތު ގޯސްވެ، ހިންގުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ގެންނަ ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް މަދުކުރެވި، އިސްރާފުވެގެންދާ ޚަރަދުތައް ކުޑަކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_20260907_165033_124
ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް، އާރުޑީސީ އާއި އެމްޓީސީސީއާ އެއްކޮށްލަނީ
IMG_8658
ހުރިހާ ދިވެހިންނަށް ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ: ރައީސް
IMG_9920
60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަނީ
C7E5040B-C92B-433B-B769-E19DA2B377F5
އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް އަނބުރާ ހޯދަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި