Wednesday, 9 September 2026
Ads by

ކުންފުނިތައް ބާރު ސްޕީޑުގައި ހަރުދަނާކުރަނީ ރައްޔިތުންނަށް ޚަރަދު ކުޑަކޮށް ޚިދުމަތް ދިނުމަށް: ރައީސް

ކުންފުނިތައް ބާރު ސްޕީޑުގައި ހަރުދަނާކުރަނީ ރައްޔިތުންނަށް ޚަރަދު ކުޑަކޮށް ޚިދުމަތް ދިނުމަށް: ރައީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ޚަރަދު ކުޑަ އަދި އެފިޝަންޓް ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކާ ގުޅޭ ބޮޑެތި މަސައްކަތްތަކެއް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ބާރު ސްޕީޑުގައި މިހާރު ކުރިއަށް ގެންދަވާ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ޚަރަދު ކުޑަ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެ ގޮތަށް ކުންފުނިތައް ބައްޓަންކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، މި ބަދަލުތަކާއެކު ސަރުކާރުން ކުރަމުންދާ ޚަރަދުތައް ވެސް ޒިންމާދާރުކަމާއެކު ކުޑަކުރެވެމުންދާނެއެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުންގެ އޮނިގަނޑަށް ވެސް އެކަށީގެންވާ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރެވެމުންދާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެކި އެހީތަކާއި ޚިދުމަތްތައް، އެ ޚިދުމަތަކަށް އެންމެ ބޭނުންޖެހިފައިވާ (ނީޑީ) ރައްޔިތުންނަށް ޓާގެޓްކޮށްގެން ސީދާ އެ ފަރާތްތަކަށް ލިބޭނެ ގޮތަށް އިންތިޒާމުތައް ބަދަލުކުރުމަކީ މި ނިޒާމު ހަރުދަނާކުރުމުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ދަޢުލަތުގެ ބަޖެޓުން އިސްރާފުވަމުންދާ ޚަރަދުތައް ހުއްޓުވި، ރައްޔިތުންނަށް ސަރުކާރުން ލިބިދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި